ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއިއެކު، ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމެއްގައި އެޗްޑީސީން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ 12:00 އެވެ. ފޯމު ބަލައި ގަންނާނީ އެންމެ ފުރަތަމަ ހުށަހަޅާ 100 އެޕްލިކޭޝަނެވެ. މީގެ ތެރެއިން 50 މީހުން ނަގާއިރު، މިސާރައަކީ 8،000 ރުފިޔާއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގޭ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް މި ކޯޕަރޭޝަނުން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މި ކޯޕަރޭޝަނުގެ ފޯކަސް އަމާޒުކުރުން ހިމެނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާއި ހަވާލުކުރުމަކީ އެޗްޑީސީގެ މަޤްސަދެކެވެ.
We have signed with @hdcmaldives today to commence road sweeping services at Hulhumalé Phase 1 and 2 beginning early May 2022.
As part of our commitment to support the community of Hulhumalé, we are opening up 50 opportunities to join our team as road sweepers. pic.twitter.com/lrC5nMDhGl
— Waste Management Corporation Limited (WAMCO) (@WAMCOmv) April 26, 2022
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. މިގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަރ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.
ހުޅުމާލެގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންތައް:
• ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން
• ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓަރ ކުރުން
• ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާރވިސް (CAPS (ހިޔާރުކުރުން
• ރެޖިސްޓަރ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން
ހުޅުމާލެގެ ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުޅުމާލެގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މިފަދަ ކަންކަމުގައި އެއްބާރުލުންދިނުން ވަރަށް މުހިއްމެވެ.
One Response
ހުޅުމާލެެ ތާރުނާޅާާ އެޅިގާާ އަޅާފައިވާާ ގިނަަ މަގުތަކެއްް ހަލާކުވެފައިވާތާާ ގިނަަ ދުވަސްތަކެއްް ވަނީީ ވެފައިި. ޢެޗްޑީސީީ އަކަށްް ނުފެނޭ