ޝައިޚު ޒަމްޒަމް ފާރިޝްގެ ދިފާޢުގައި އަރަބިއްޔާ ބެލެވެރިން އަޑުއުފުލައިފި

ޝައިޚު ޒަމްޒަމް ފާރިޝްގެ ދިފާޢުގައި އަރަބިއްޔާ ބެލެވެރިން އަޑުއުފުލައިފި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2022 04:33
0

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާކަމަށްބުނެ ޢަރަބިއްޔާ ސްކޫލުގެ އުސްތާޛު އައްޝައިޚް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރި މައްސަލާގައި ކަންބޮޑުުވުން ފާޅުކޮށް ޢަރަބިއްޔާގެ ބެލެނެވެރިން އިހުތިޖާޖު ކޮށްފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ޓީޗަރު ޝައިޚު ޒަމްޒަމް ފާރިޝް އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ޢަރަބިއްޔާ ސްކޫލުގެ އެންމެ ޤާބިލް މުދައްރިސު ސަސްޕެންޑް ކުރުމުގައި ގުޅިގެން އެކަން އެސްކޫލުގެ ބެލެނެވެރިން ވަނީ ކުށްވެރިކޮށްފައެވެ.

އަދި މިއަދު އެސްކޫލުގެ ބެލެނެވެރިން ވަނީ ޢަރަބިއްޔާ ސްކޫލުގެ ޙަދީޘް އުސްތާޛު އައްޝައިޚް ޒަމްޒަމް ފާރިޝް ސްކޫލަށް ނުދެވޭނެހެން އެޑިއުކޭޝަނުން ނުޙައްޤުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ސްކޫލު ދޮށުގައިޞުލްޙަވެރި އިޙްތިޖާޖެއް ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން އުސްތާޛު ޒަމްޒަމް އަށް މުސާރަ ނުލިބޭހެން ތިރީސް ދުވަހަށް ސަސްޕެންޑު ކޮށްފައިވާތީ ޢަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން ވަނީ ފަންޑު ރެއިޒިންގ އެއްވެސް ފަށާފައެވެ.

ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްހެ ބޭނުންކޮށް ޚިޔާލު ފާޅު ކުރުމާއި ގުޅިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާތީ އެކަން ހިނގައިދިޔަ ގޮތް ޝައިޚު ޒަމްޒަމް ވަނީ ހިއްސާކޮށްފައެވެ. ޝައިޚު ވަނީ ވަޒީފާއިން ސަސްޕެންޑް ކުރަންޖެހުނު ކަމަށްބުނެ އެޑިއުކޭޝަނުން ވިދާޅުވާ ޓުވީޓުވެސް ހިއްސާކޮށްފައެވެ. އެޓުވީޓުގައި ވިދާޅުވެފައިވަނީ ޤާނޫނައި ޤަވާއިދާއި ޚިލާފަށް ރާއްޖޭ އަރައިތިބި އިންޑިއާ ސިފައިން މި ޤައުމުން ބާލަން ދަމާފައިވާ ބެނާއެއް ޤައުމީ ސަލާމަތަށް ނުރައްކާވާ ސަބަބު ނުވިސްނޭކަމަށެވެ.

މީހަކަށް އެއްޗެއް ނުވިސްނިގެން ޓުވީޓެއް ކުރުމުން އެމީހަކު ވަޒީފާއިން ސަސްޕެންޑް ކުރުމުގެ ބަދަލުގައި އެކަން ވިސްނައި ދިނުން ނޫބާ އަސްލު އޮންނާނެ ގޮތަކީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އަދުލުން ބޭރުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި. އަދި މި މަސައްލަ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަ އަޅާނަން.

– ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

އޮފީހަށް ނިކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. މި ކަމަކީ ސިވިލްސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ. ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ދީނީ އިލްމުވެރިންގެ ޚިޔާލް ފާޅު ކުރުމުން އެބޭފުޅުން ވަޒީފާތަކުން ސަސްޕެންޑްކޮށްފައެވެ. މީގެ ކުރިން ދީނީ އިލްމުވެރިޔާ ޝައިޚު އިޔާޒުވެސް ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީބާ
ތިޔައީ ހަމަ ދީނުގައި އޮންނަގޮތް.. ކީއްވެބައިި ޞަހާބީން ނަށް ތިޔަކަހަލަ މުޒާހަރާތައް ކުރަންނޭނގުނީ