ރައީސް ޞާލިޙާއި ނަޝީދު ވާދަޖަހަނީ މޯދީއަށް ވަފާތެރިވުމުގެ ރޭހުގައި: ސައީދު

ރައީސް ޞާލިޙާއި ނަޝީދު ވާދަޖަހަނީ މޯދީއަށް ވަފާތެރިވުމުގެ ރޭހުގައި: ސައީދު

ގުޅުންހުރި

ރައީސް ޞާލިޙާއި ނަޝީދު ވާދަޖަހަނީ މޯދީއަށް ވަފާތެރިވުމުގެ ރޭހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އިންޑިއާއަށް މިއަދު ކުރައްވާ ދަތުރުފުޅާއި ގުޅިގެންނެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ 7ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ނަޝީދުގެ ދަތުރާއި ގުޅިގެން ސައީދު ވިދާޅުވީ ރައީސް ޞާލިޙާއި ނަޝީދު ވާދަޖަހަނީ މޯދީއަށް ވަފާތެރިވުމުގެ ރޭހުގައި ކަމަށެވެ. އާމްދަނީ އާއިނުގުޅޭ ބޮޑެތި ލޯނުތަކުން ދަރަނިވެރިކޮށް ދިވެހިބިމުގެ މިލްކުވެރިކަން ހޯދުމާއި، ކަނޑާއި އަސްކަރީ ސިއްރު އެއްބަސްވުންތައް ހާމަކުރުމުގެ ފުރުސަތުވަނީ ބަންދުކޮށްފައި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޞާލިޙާއި ނަޝީދު ވާދަޖަހަނީ މޯދީއަށް ވަފާތެރިވުމުގެ ރޭހުގައި. މިދެމިހޫންގެ ފައިދާ BJP އިންނަގަނީ ދިވެހިން އަގުކޮށްފަ!އާމްދަނީ އާއިނުގުޅޭ ބޮޑެތި ލޯނުތަކުން ދަރަނިވެރިކޮށް ދިވެހިބިމުގެ މިލްކުވެރިކަން ހޯދުމާއި، ކަނޑާއި އަސްކަރީ ސިއްރު އެއްބަސްވުންތައް ހާމަކުރުމުގެ ފުރުސަތުވަނީ ބަންދުކޮށްފަ.

– ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ