ބޭރުޤައުމެއްގެ މިލިޓަރީ އޭޖެންޓުންނަށް ރާއްޖެއިން ވަޒީފާދޭނެކަމަށް ބެލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރަމުންދާ މިދަނޑިވަޅުގައި ކުރީގެ މެންބަރު ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ މުހިންމު ބޮޑެތި ހަރުމުދާ ވިއްކާލުމުގެ ނަތީޖާ ހިތިކަމަށެވެ. އެގޮތުން ޖީއެމްއާރަށް ވިއްކާލި އެއަރޕޯޓް އަތުލެވުނުނަމަވެސް، ދިރާގާއި ފެންކުންފުނި ވިއްކާލުމުން ބޮޑުވި ޚިދުމަތުގެ އަގު ކުޑަނުކުރެވޭކަމަށާއި، މިފަހަރު އަވަށްޓެރި މިލިޓަރީ އެޖެންޓުން ވަޒީފާއަށް ގެންނާނެކަމަށް ބެލެވޭކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.
Dhaulathuge key assets vikkaalumuge natheehaa hithi. GMR ah vikkaali airport athuviyas, dhiraagu, fenkunfuni vikkaalumun boduvi khidhumathuge agu kuda nukurevey. Mifaharu avatteri military agentun vazeefaa ah gennaane kamah belevey.
— Dr. Abdulla Khaleel (@abkhaleel) November 12, 2020
ޚަލީލް މިހެން ވިދާޅުވީއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ބޭނުމުގައި ރާއްޖެއަށް އެންމެ ބޮޑު ފައިދާއެއް ވަމުން އަންނަނަ އެއަރޕޯޓް ވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ހިންގަން ކުއްޔަށްދިނެވެ. މިކަމާއި ގިނަ ރައްޔިތުން އިޙްތިޖާޖުކޮށް އެއަރޕޯޓް އަލުން އަނބުރާޖީއެމްއާރުން އަތުލާފައިވެއެވެ. މީގެ އިތުރުން ރައީސް ނަޝިދުގެ ވެރިކަމުގައި ދިރާގާއި ޤައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީގެ ހިއްސާވެސް ބޭރު ބަޔަކަށް ވިއްކާލާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބެޖެޓުގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ހަމަޖެހިފައިވާކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ.
ބޭރުގެ މިލިޓަރީ އެޖެންޓުންނަށް ވަޒީފާދިނުމަށް މިސަރުކާރުން ރާއްޖެއަށް ގެންނާނެކަމަށް ބެލެވޭކަމަށް ޚަލީލް ވިދާވިއިރު، އިންޑިއާގެ އަސްކަރީ ސިފައިން ޜާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޤާއިމްވެ ތިބޭކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. މިކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް ދީފައިނުވާއިރު ގިނަބަޔަކު އަންނަނީ މިކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ