އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް 3 ފަރާތަކާއެކު ސޮއިކޮށްފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް 3 ފަރާތަކާއެކު ސޮއިކޮށްފި

ގުޅުންހުރި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މީހުން ބިނާކުރުމަށް ހިންގާ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު 3 ކުންފުންޏަކުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އެވެ.

މި އެމްއޯޔޫގެ މަޤްސަދަކީ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް (MCEISP "(ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ. އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީންނެވެ.

މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެއެވެ. އެމްއޯޔޫގެ މުއްދަތު ދެމިއޮންނާނީ 31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ