ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ދެ ސްކޫލް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ދެ ސްކޫލް އެޅުމަށް ނިންމާފައިވަނީ N5-32 ޕްލޮޓްއާއި N4-23 ޕްލޮޓްގަ އެވެ. ފުރަތަމަ ސްކޫލް އަޅާ ޕްލޮޓަކީ 60،720 އަކަފޫޓުގެ ބިމުގެ ސަރަހައްދެކެވެ. އެ ސްކޫލްގައި 1200އެއްހާ ދަރިވަރުންނަށް ލިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
Agreement signing with @MoEdumv for the development and operation of schools in Hulhumalé. #HDCProjects pic.twitter.com/kqcJSYFvMJ
— HDC (@hdcmaldives) April 20, 2022
މީގެ އިތުރުން N4-23 ޕްލޮޓަކީ 65،543 އަކަފޫޓުގެ ސަރަހައްދެކެވެ. އެ ސްކޫލްގައި 1500އެއްހާ ކުދިންނަށް ކިޔަވައިދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އަސާސީ ގިނަ ޚިދުމަތްތަކެއް އަންނަނީ ފަށަމުންނެވެ. އެގޮތުން ސްކޫލް ޤާއިމްކުރުމުގެ އިތުރުން މަގުތައް ހެދުމާއި މިސްކިތް އެޅުންފަދަ ކަންކަން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ