އަންނަ މަހުން ފެށިގެން ފްލެޓްތަކުން ކުނި އުކައިދޭނީ ފީ ދެއްކުމުން

އަންނަ މަހުން ފެށިގެން ފްލެޓްތަކުން ކުނި އުކައިދޭނީ ފީ ދެއްކުމުން

Author
މުޙައްމަދު ޖިމީ
18 އޭޕްރިލް 2022 01:06
0

ހިޔާ ފްލެޓްތަކުގެ ކުނި އަންނަ މަހުން ފެށިގެން އުކައިދޭނީ ފީ ދެއްކުމުންކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ވަނީ މެއި 1 އިން ފެށިގެން ހިޔާ ފްލެޓްތަކަށް ދޭ ވެމްކޯގެ ހިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތިން  ކޮންމެ މަހަކު ކުނި އުކައިދޭނީ 150 ރުފިޔާ ދެއްކުމުންކަމަށް ވެމްކޯއިން ބުންޏެވެ. ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލު ފޮނުވާނީ ރަޖިސްޓަރީ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ވެމްކޯއިން އަންނަނީ މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީއަކުން ކުނި ނަގައިދެމުންނެވެ. ގޭބީސީތަކުން ކުނި އުކައިދިނުމަށް ފީގެ ގޮތުގައި 150 ރުފިޔާ އަންނަނީ ނަގަމުންނެވެ.

ވެމްކޯއިން މިހާރު ހިޔާ ފްލެޓް ސަރަހައްދުން ކުނިނަގަނީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ޓަސްބިންތަކުންނެވެ. ނަމަވެސް ހިޔާ ފްލެޓް ސަރަހައްދުގައި ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ކުނީގައި ދޭތެރެދޭތެރެއިން އަލިފާންވެސް ރޯކޮށްލާ މައްސަލަ ބޮޑެވެ.

ވެމްކޯއިން ޑަސްބިންބަހައްޓާފައި ހުރިނަނަމަވެސް މުޅި ސަރަހައްދު ހަޑިވާގޮތަށް ކުނި އަޅާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.