ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Author
މުޙައްމަދު ޖިމީ
17 އޭޕްރިލް 2022 03:08
0

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ.އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މަޢުލޫމާތު 12:11 ހާއިރު ލިބިފައިވާކަމަށެވެ. ފަތުރުވެރިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ ފުލުހުން ބުންޏެވެ. މަރުވެފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.