ރޮނާލްޑޯގެ ހެޓްރިކާއިކު، މޮޅުވެ ޔުނައިޓެޑް 5 ވަނައަށް

ރޮނާލްޑޯގެ ހެޓްރިކާއިކު، މޮޅުވެ ޔުނައިޓެޑް 5 ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑް 3-2 އިން މޮޅުވެ ފަސްވަނައަށް ޖެހިލައިފިއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގެ ތެރޭގައި ރޮނާލްޑޯ ޔުނައިޓެޑަށް ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޮރިޗްގެ ކީރަން ޑޯވެލް ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ.

ދެވަނަ ހާފުގައި ނޮރިޗްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓީމޫ ޕުކީއެވެ. ޔުނައިޓެޑް މޮޅުވީ މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑުންނެވެ. މި ނަތީޖާއާއެކު ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑް އޮތީ 32 މެޗު ކުޅެގެން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގައެވެ.

ހަތަރު ވަނައިގައި އޮތް އާސެނަލް 31 މެޗު ކުޅެގެން ވަނީ ޔުނައިޓެޑާ އެއްވަރަށް 54 ޕޮއިންޓް ހޯދައިފައެވެ. އަދި 32 މެޗުން 57 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމްއެވެ. އާސެނަލް އާއި ޓޮޓެންހަމް ވެސް ރޭ ލީގުގައި ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *