މިސަރުކާރުގައި ވައްކަމާއި، ޚިޔާނާތަށް ވީވައުދު ނުފުއްދި، ވައްކަން އިތުރުވެ ވަގުންވީ ގިނަ ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ މިސަރުކާރުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް، ވައްކަމާއި ހިޔާނާތުގެ ކަންކަން ބަލާނެކަމަށް ރައްޔިތުންނަށް އެކި ވައުދު ވުމަށްފަހު އެއިންކަމެއް މިއަދާއި ހަމަޔަށް ނުފުއްދިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުިރ ޓުވީޓުގައެވެ.
ޒަރިޔަންދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް އައުމަށްޓަކައި އެންމެ ބޮޑަށް ވީ ވައުދަކީ ކުރީގެ ސަރުކާރުން ހިންގާފައިވާ ވައްކަން ބެލުންކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ މިހާތަނަށް އައިއިރުވެސް އެކަން ހާސިލް ކުރެވިފައި ނުވާކަމަށެވެ. މިއާއިއެކު ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި ރައްޔިތުންގެ ކައިރީގައި ބުނެފައިވަނީ ޤާނޫނުތައް ހަދަން މަޖިލިސް ބޭނުންވާ ކަމުގައެވެ. މިކަންވެސް ކޮށް ދިނުމުން މިސަރުކާރަށް ކުރެވުނު ކަމެއް ނެތްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
2018ގައި ރިޔާސީ ވަޢުދުވީ "ވައްކަން ހުއްޓުވަން، ކުރި ވައްކަންބަލަން". 2019ގައި އެދުނީ ވައުދު ފުއްދަން ޤާނޫނުތައް ހަދަން މަޖިލީހުގެ އަޤުލަބިއްޔަތު ދޭން. ރައްޔިތުން އެ ބަހަށް ހެޔޮހިތުން އިތުބާރުކުރި ނަމަވެސް "ހިންގާލަންތިބި މީހުނަށް" ނަތީޖާ ނުނެރެވި ވައްކަން އިތުރުވެ ވަގުން ގިނަވީ.
– ޒަރިޔަންދު ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުން ތެރެއިން ޤާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސްގެންވެސް ޚިޔާނާތުގެ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތަކަށް ބެލިފައި ނުވެއެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތެވެ. މިމައްސަލަގައިވެސް ކޮޅެއް މެދެއް ނުފެނި އެންމެ ފަހުން މިމައްސަލަ ބަލަން ޤާނޫނުން ބާރުދީގެން ހެދި އެސެޓް ރިކަވަރީ ކޮމިޝަންވެސް ވަނީ އުވާލާފައެވެ.
މީގެ އިތުރުން މަރުތަކުގެ މައްސަތަކަށްވެސް އިންސާފު ނުލިބޭ މައްސަލައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެވެ. ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައި މީހުންގެ އާއިލާތަަކަށް އިންސާފު ހޯދައި ދޭނެކަމަށް ވީ ވައުދުތައްވެސް ނުފުއްދުމަކީ މިސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެއްކަމަކެވެ.
ކޮމެންޓު ފޮނުވާ