ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނާއި ހިއްސާކޮށްފި

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނާއި ހިއްސާކޮށްފި

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނާއި ހިއްސާކޮށްފިއެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ރޭ ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕާއި ބައްދަލުކޮށް، ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަކީ ގިނަ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފަހިކޮށް ދިނުމަށް އެޅި ފްލެޓްތަކެވެ.

މިސަރުކާރުން ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ އެއްވެސް މަސައްކަތެއް ނުނިންމައި، ފެނާއި ކަރަންޓު ގުޅައި ދިނުމަށް ފަހުއެވެ. އަދި ފްލެޓްތަކަށް މީހުން ވެއްދިއިރު، ފޭސް ދޭއްގައި ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ އެއްވެސް ޚިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުވެއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުލީގެ މައްސަލައެވެ. ކުލި ނަގަން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށާފައިވާއިރު، ކުލި ކުޑަކުރުމަށް ދަނީ މުޒާހަރާ ކުރަމުންނެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި އޮތީ 5،500ރ.އެވެ.

ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މިހާރު ނަގަނީ 8،500 ރުފިޔާއެވެ. އެއީ ކުއްޔަށްވާ 7500 ރުފިޔާއާއި ފްލެޓްގެ މެއިންޓަނަންސްއަށް ނަގާ 1،000 ރުފިޔާއެވެ. ނަމަވެސް އެޗްޑީސީން އެންމެ ފުރަތަމަ ހިޔާ ފްލެޓްތަކުން ދައްކަންޖެހޭނެކަމަށް ކަނޑައެޅީ 11،000 ރުފިޔާއެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެއީ ވިޔަފާރީގެ އުސޫލުން ސަސްޓެއިނަބަލް ގޮތެއްގައި އެކުންފުންޏަށް ހަމަޖެއްސޭނެ އަގެއް ކަމަށެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި ގޮތްތަކެއް ތަނަވަސް ކޮށްދެއްވައި، ރައްޔިތުންގެ އަސާސީ ކަންކަން ހަމަޖެހެންދެއް ކުލި ނެގުން ފަސް ކުރަންޖެހޭކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި މިހާރު ނަގާ ކުލި ކުޑަކޮށް ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ގޮތްތަކެއް ސަރުކާރުން ފަހި ކޮށްދިނުމަށް ގޮވާލައި އިދިކޮޅުން ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަވެސް ވަނީ ބޭރުކޮށްލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *