ރާއްޖޭގެ އެތައްހާސް ބަޔަކު ބޯހިޔަވަހިކަން ކަށަވަރު ވެފައި ނުވާއިރު، ގުޅީފަޅުގައި ޕޯޓް ހެދުމުގެ ބަދަލުގައި ބޯހިޔާވަހިކަމަށް ޚާއްސަ ކުރުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި އާދޭހައިއެކު ދަންނަވައިފިއެވެ.
ގުޅީފަޅުގައި މިސަރުކާރުން ހެދުމަށް މަސައްކަތްކުރާ ޕޯޓް މަޝްރޫޢު ހުއްޓާލައި ބޯހިޔާވަހިކަމަށް ގުޅީފަޅު ޚާއްސަކުރުމަށް ގޮވާލައި މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕޯޓް ހެދުމުގެ މަޝްރޫޢު މިހާރުވެސް ހުއްޓާލައި، އެމަޝްރޫޢު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރުސަރު އެބައޮތްކަމަށެވެ. މިމަޝްރޫއު ތިލަފުއްޓައް ބަދަލު ކުރުމުން އެތަބަކަޔަށް ފަސޭހަކަމާއިއެކު ބޯހިޔާވަހިކަން ލިބޭނެ ފުރުސަތު ތަންވަސްވެ ރައްޔިތުންނަށް އުންމީދު ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމަ މިއާއިއެކު ހުޅުމާލެ ފޭސް ދޭއްގެ ބިންތައް މުއްސަދި މަހުޖަނުންނަށް އެކަނި ވިއްކާ ހުސްކޮށްލުމުގެ ސިޔާސަތު ދޫކޮށް ގެދޮރުނެތް ނިކަމެތި ދިވެހި ރައްޔިތުންނަށް މިތަނުންވެސް ބިންލިބޭނެ ފަހި ގޮތްތަކެއް ތަނަވަސް ކުރުމަށް މުއިއްޒުވަނީ ގޮވާލާފައެވެ. މާލޭގެ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ތަނަވަސް ނުކުރެވޭނެ ގޮތަކަށް އެކުލަވާލެވޭ ސިޔާސަތަކީ ދިވެހި ރައްޔިތުންގެ ގައިގައި ކޮޅުފައި ޖެހުމަށް އެކުލަވާލެވޭ ސިޔާސަތުތަކެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަ ކުރައްވާފައެވެ.
Gulhifalhuga port hedhun adhives huttaaleveyne. Male rayyithunnah heyo edheynama RY verikamuga nimmaafa oi gothah thilafuttah badhalu kuravvaa Gulhufalhakee boahiyaavahikamah khaassa thanakah hahdhavan sarukaarah aadheyhaa eku govaalan. Adhi Hulhumale ph 2 ge bin…(1/2)
— Dr Mohamed Muizzu (@MMuizzu) November 11, 2020
ގުޅީފަޅު ޕޯޓް ތަރައްޤީކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 476 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރަށް ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021ވަނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށެވެ.
ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރުމަކީ މިސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދަޅުވީ ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މި ޕޯޓަކީ އަޅުގަނޑުމެން އެންމެންގެ އުންމީދާ ގުޅިފައިވާ ކަމެއްކަމަށާއި ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ޚިދުމަތްތައް ފުޅާކުރުމަށް މިބަޖެޓުން އިސްކަންދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ