އަމާޒަކީ މަސައްކަތުގެ އާބާދީއަކީ ތައުލީމާއި ތަމްރީނު ލިބިގެންވާ ބަޔަކަށް ހެދުން: މިނިސްޓަރ

އަމާޒަކީ މަސައްކަތުގެ އާބާދީއަކީ ތައުލީމާއި ތަމްރީނު ލިބިގެންވާ ބަޔަކަށް ހެދުން: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 11:26
0

އަމާޒަކީ މަސައްކަތުގެ އާބާދީގެ ބޮޑު ބަޔަކީ ތައުލީމާއި ތަމްރީނު ލިބިގެން ހުނަރުވެރިކަމާއެކު މަސައްކަތް ކުރަން ދަންނަ ބަޔަކަށް ވެގެންދިއުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރާ މަސައްކަތަކީ އެ މަސައްކަތަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ދޫކުރަންޖެހޭ ހުއްދަ ނުވަތަ ގައުމީ ސަނަދެއް ހިފައިގެން ނިކުންނަ ދަރިވަރަކަށް ވުން ކަމަށެވެ.

މިހާރު ވެސް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީން ތައްޔާރު ކޮށް ފަރުމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިލެކްޓްރިކްސިޓީ ލެވެލް3ގެ ކޯހަކީ އެނާޖީ އޮތޯރިޓީން ވައިރު ކުރުމުގެ ހުއްދަ ލިބޭ ކޯހެއް. އަޅުގަނޑުގެ އުއްމީދަކީ ތަފާތު އެހެނިހެން މަސައްކަތްތެރިކަމުގެ ދާއިރާއިންވެސް މި ފުރިހަމަކުރާ ގައުމީ ފެންވަރުތަކުގެ ކޯސްތަކަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެކޯހެއް ފުރިހަމަ ކުރުމުން އެ ކޯހެއްގެ ލައިސަންސް ނުވަތަ ހުއްދަ ލިބޭ ކޯހަކާ އެއް ފެންވަރަށް ކަންކަން ފުރިހަމަ ވެގެން ދިއުން.

– މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް މިނިސްޓްރީ އުފެދުމާއި ގުޅިގެން އެންމެ ފުރަތަމައަށް ކުރެވުނު އެއް މަސައްކަތަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް ވުޖޫދަށް ގެނައުން ކަމަށެވެ. 16 މެއި 2021ގައި މި ގާނޫނު ވުޖޫދަށް އައުމާއެކު ހުނަރުގެ މަސައްކަތާއި ތައުލީމުގެ ނިޒާމު ބައްޓަންކޮށް ރެގިއުލޭޓުކޮށް އެ ނިޒާމުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ޚާއްސަ މަރުކަޒެއް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި އުފެދުނު ކަމަށާއި އެއީ ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ފަންނުވެރިން ބިނާކުރުމަށްޓަކައި އެމަސައްކަތްތައް ބޭނުންކުރާ ދާއިރާތައް ކަނޑައަޅައި އެ މަސައްކަތްތެރިންގެ ކިބައިގައި ހުންނަންޖެހޭ ހުނަރު ދެނެގަނެ އެ ހުނަރުތައް އަށަގެނައުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް ތައްޔާރުކުރުން ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ލޯންޗުކުރާ ވޭސްޓު ވެލްތަކީ އޭގެތެރެއިން އެއް ދާއިރާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ވޭސްޓު ހެލްތު" ޓްރެއިނިންއަކީ ވޯލްޑް ބޭންކުގެ މާލީ އެހީގައި ހިންގާ މޯލްޑިވްސް އެންހޭންސިންގް އެންމްޕްލޯޔަބިލިޓީ އެންޑް ރިޒިލިއަންސް (މީރީ) ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން އެކުލަވާލި ވޭސްޓު ޓު ވެލްތު ޓްރޭނިންގް ޕެކޭޖް ގައި ހިމެނޭ ސްޓޭންޑަރޑެވެ. މި ޓްރޭނިންގް ޕެކޭޖްގައި ސްޓޭންޑަރޑްގެ އިތުރަށް މުޤައްރަރާއި، އެސަސްމަންޓް ރިސޯސް ފޮތާއި، ލާރނިންގް މެޓީރިއަލްސް އަދި ސްޓޫޑެންޓް ލޮގް ފޮތް ހިމެނޭނެއެވެ.

ވޭސްޓް ޓު ވެލްތު ޓްރޭނިންގް ޕެކޭޖަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ ހިންގުމަށްޓަކައި އެމް.އެން.އެސް.ޑީ.އޭ. އިން އުފެއްދި 104 ވަނަ ޓްރޭނިންގް ޕެކޭޖެވެ. ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިތުރު 70 ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާރޑް ޕެކޭޖް އަލަށް ތަރައްޤީ ކުރުމަށާއި، އަދި މިހާރު ބޭނުން ކުރަމުންދާ 53 ސްޓޭންޑަރޑް މުރާޖަޢާކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.