ޕީޖީ އޮފީހުން މިއަހަރު އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ މަހު

ޕީޖީ އޮފީހުން މިއަހަރު އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ މަހު

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 03:30
0

ޕީޖީ އޮފީހުން މިއަހަރު މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމި މަހަކީ މިދިޔަ މަސްކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާންމުކޮށް ޕީޖީ ވިދާޅުވީ މިދިޔަ މަހު ނިންމެވި 149 މައްސަލައިގެން ތެރެއިން 113 މައްސަލަ ސާބިތުވެފައިވާކަމަށެވެ.

ޕްރިސެކިއުޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ދައުވާ ކުރުމަށް އެދި 244 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ 60 މައްސަލައެވެ. އެކި ސަބަބުތަކާއިހެދި 26 މައްސަލައެއްގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް 125 މައްސަލައެއް އަބުރާ ފޮނުވާލިއިރު، 33 މައްސަލައެއް ދަނީ ރިޔާސާ ކުރަމުންނެވެ.

މިދިޔަ މަހު ދައުވާ ކުރުމަށް އެންމެ ގިނަ އަދަދަށް ހުށެހެޅިފައިވަނީ މަސްތުވާތައްޗާއި ގުޅުންހުރި މައްސަލައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 62 މައްސަލައެއްގައި ދައުވާ ކުރުމަށް އެދިފައިވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު އެކި ކުށްތަކުގެ 35 މައްސަލައެއްގައި ދައުވާ ކުރުމަށް ވަނީ ހުށަހެޅިފައެވެ.

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 214 މައްސަލައެއް ވަނީ އެކި ކޯޓުތަކަށް ދައުވާ ކުރުމަށް ހުށަހަޅާފައެވެ. މީގެ ތެރެއިން 69 މައްސަލަ އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކެވެ. ޑްރަގު ކޯޓަށް 47 މައްސަލަ ހުށަހެޅިއިރު ބާކީ ހުރި މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

މިދިޔަ މަހު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 113 މައްސަލައެއް ވަނީ ސާބިތުވެފައެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ސާބިތުވި މަހެވެ. މިދިޔަ މަހު ކޯޓުތަކުން އެންމެ ގިނަ އަދަދަކަށް ނިންމާފައިވަނީ ވައްކަމާއި ގުޅުންހުރި މައްސަލަތަކެވެ. ވައްކަމުގެ 50 މައްސަލައެއް ނިންމާފައިވާއިރު ދެން އެންމެ އެންމެ ގިނަ އަދަދަކަށް ނިންމާފައިވަނީ އެހެން މީހުންގެ މުދަލަށް ނެތް ގޮތުގައި ބާރު ހިންގުމުގެ މައްސަލައެވެ. މިބާވަތުގެ 15 މައްސަލަ ވަނީ ނިންމާފައެވެ.

މިޔަމަހުގެ ތަފާސް ހިސާބުތަކުން އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމި މެޖިއްޓްރޭޓް ކޯޓަކީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓެވެ. އެކޯޓުންވަނީ 22 މައްސަލަ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.