މަސް ނުކިރުނީމަ މަސްވެރިން ދެރަވާނެ، އެކަމު ވާނުވާ މަސްވެރިންނަށް ސާފު: ނިހާދު

މަސް ނުކިރުނީމަ މަސްވެރިން ދެރަވާނެ، އެކަމު ވާނުވާ މަސްވެރިންނަށް ސާފު: ނިހާދު

Author
މުޙައްމަދު ޖިމީ
09 އޭޕްރިލް 2022 04:50
0

މިސަރުކާރުން މަސްވެރިން ހިތް ރުހޭ މިންވަރަށް އިންވެސްޓްމަންޓް ގެންނާނެކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙާއްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، ދެކުނަށް މަސްވެރިކަން ރަނގަޅުވެ މަސް ނުކިރުވިގެން މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހިފައިވާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ. މިކަމާއި ގުޅިގެން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަން ކޫއްޑޫއަށް ވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން ނިހާދު ވިދާޅުވީ، މަސްވެރިންނަށްވެސް ސާފުވާކަމަކީ ކޯވިޑާއެކު ލަސްތަކެއް އެބަހުރިކަންކަމަށެވެ. މަސްކޮޅު ނުކިރުނީމައި ދެރަވާނެކަމަށާއި، އެކަމަކު ވާނުވާ މަސްވެރިންނަށް ސާފުކަމަށް ނިހާދު ވިދާޅުވިއެވެ.

މިފްކޯއިން ހަމަކޮށްފައިވާ ގޮތުގައި މިމަހުގެ 4ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައި ހުރި ކަމަށް މިފްކޯއިން ހާމަކުރެއެެވެ.

މިފްކޯއިން ބުނީ މިމަހުގެ 4ވަނަ ދުވަހު ކިއުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ކިރައި ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 6ވަނަ ދުވަސް ފެށުނު އިރު ކިޔުގައި 510 ޓަނުގެ މަސް ހުރި ކަމަށާއި، މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓއަކީ ދުވާލަކަށް 420 ޓަނުގެ ކަމަށެވެ.

މިފްކޯއިން ބުނީ ދެކުނުގެ މަސްގަންނަ ފްލީޓާއިގުޅުމަށް ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ 102 ދެކުނުން ގަނެގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު ފުރައިގެން މިމަހުގެ 7ވަނަ ދުވަހުގެ ހެނދުނު ކޫއްޑޫ ބަނދަރަށް ދެވޭނެ ކަމަށެވެ.
މި ހާލަތުގައި ދޯނިފަހަރު ކިއުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަނެ ބަހައްޓަން ބޭނުންވާތީ، މިމަހުގެ 5 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ކިރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.

މިހާރު ކިއުގައި ހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ، މިމަހުގެ 6ވަނަ ދުވަހުން ފެށިގެން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިންވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.