މޫނު ރީތިކުރުމަށް ތަމަންނާ އުނގުޅަނީ އަމިއްލަ ކުޅު!

މޫނު ރީތިކުރުމަށް ތަމަންނާ އުނގުޅަނީ އަމިއްލަ ކުޅު!

Author
ފާތިމަތު ނާވީ
10 އޭޕްރިލް 2022 10:20
0

ސެލެބްރިޓީންނަކީ ރީތިކޮށް ތިބުމަށް އެތައްކަމެއް ކުރާބަޔެކެވެ. އެއްބަޔަކު ޕްލާސްޓިކް ސާޖަރީން ހައްލު ހޯދާއިރު އަނެއްބަޔަކު އިހުތިޔާރު ކުރަނީ ނެޗުރަލް ގޮތްތަކެވެ. މޫނުގެ ހަންގަނޑު އޮމާން ވުމާއި ހަށިގަނޑު ލޫޅާފަތި ކުރުމަށް މިމީހުން މެދު ނުކެނޑި މަސައްކަތް ކުރެއެވެ.

ބޮލީވުޑްގެ ތަރިންނަކީވެސް ރިތިވުމަށް ތަފާތު ކަންކަން ކުރަމުން އަންނަ ބައެއްކަން އަންގައިދިނީ ދާދި ފަހުން ފިލްތަރި ތަމަންނާ ބާޓިއާ ދިން އިންޓަވިއުއަކުންނެވެ. ބޮލީވުޑްގެ އިތުރުން ސައުތުގެ ފިލްމު އިންޑަސްޓްރީގައިވެސް ވަރަށް މަޝްހޫރު މި ބަތަލާއަކީ އޭނާގެ މޫނުގެ ހަންގަނޑުގެ ސާފު ކަމާއި އޮމާންކަމަށް ނަން މަޝްހޫރު ތަރިއެކެވެ.

ތަމަންނާ ދިން އިންޓަވިއުއެއް ގައި އޭނާ ބުނެފައި ވަނީ އޭނާގެ މޫނުގެ ހަންގަނޑު އެގޮތަށް ބެހެއްޓުމަށް ގިނަގުނަ މަސައްކަތް ކުރާކަމަށެވެ. އަދި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކާއެއްޗެއްސަށް ސަމާލުކަން ދިނުން މުހިންމު ކަން ފާހަގަ ކޮށް ތަމަންނާ ބުނެފައިވަނީ ލޯ ކައިރި ކަޅުވާނަމަ އެންމެ ރަނގަޅީ ނިދުން ކަމަށެވެ.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

އިތުރަށް ވާހަކަ ދައްކަމުން ތަމަންނާ ބުނެފައި ވަނީ މިހާތަނަށް އެންމެ "ފަކުރު" އެއްޗަކަށް މޫނުގައި އުނގުޅި އެއްޗަކީ އޭނާގެ އަމިއްލަ ކުޅުކަމަށެވެ. ހެދުނުގަޑީގައި ހޭލާފައި މޫނުގައި ހުންނަ ބިހިތަކުގައި ކުޅު ހޭކުމުން ބިހިތައް މަދުވާ ކަމަށް ތަމަންނާ ބުނެއެވެ. ނަމަވެސް ހަމަ އެއާއެކު އޭނާ ވަނީ އެއީ ވަރަށް ފަކުރު ކަމެއް ކަމަށްވެސް ބުނެފައެވެ. ނަމަވެސް ކުޅު ހޭކުމުގެ ސަބަބުން އޭނާގެ މޫނުގައި ހުންނަ ބިހިތައް ފިލާ ކަމަށާއި ނަތީޖާ ރަނގަޅު ކަމަށް ތަމަންނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.