ރާއްޖޭގެ މުޅި މިލްކިއްޔާތު ވިއްކާލައި ދިވެހި ރައްޔިތުކަންވެސް މިއަދު ސަރުކާރުން ވިއްކާލާފައިވާކަމަށާއި، މިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުންނާއި، ޚާއްސަކޮށް ދީނީ އިލްމުވެރިން ނިކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ދިވެހި ޤައުމު ނެތްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާނެ ގޮތަށް ޤާނޫނާއި ގަވާއިދުތައް ހަދައި މުޅި ދައުލަތް ބޭރުގެ ފަރާތްތަކަށް ދީއްލާލާފައިވާކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
އިމިގްރޭޝަން ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުން ރާއްޖޭގެ ރައްޔިތުކަން ކުޑަލާރިކޮޅެއް ދިނުމަށްފަހު ގަނެ ދިވެހި ރައްޔިތުންނަށް ނުލިބޭ ގިނަ ކަންކަން ފަހިވާގޮތަސް ގެނެސްފައިވާ އިސްލާހަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ އިސްލާހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު މިފަދަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ އިސްލާހެއް ގެންނެވިއިރު، ބޮލުގައި ފޮތިބަދެ ގައުމާއި ދީނުގެ ހައްގުގައި ނިކުތް ދީނީ އިލްމުވެރިން މިސަރުކާރާއި ދެކޮޅަށް ނިތުމަށް އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ.
މިކަމައި ދެކޮޅަށް ދީނާއި، ޤައުމުގެ ހައްގުގައި ނިކުންނަންޖެހޭ. މިކަމުގައި ޒިންމާ ރައީސް މައުމޫނާއި، ޤާސިމް އާއި އިމްރާން ނަގަންޖެހޭ. މިއެންމެން މިކަމުގެޒިންމާ ނަގަންޖެހޭ. ހެސްކިޔާފަ މިއަދު ވައްކަން ކުރާއިރު ކޮބައިތޯ، ރައީސް މައުމޫން. ޤާސިމް، އިމްރާން. މިކަންކަމަށް ޒިންމާ ނަގަންޖެހޭނެ.
– އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ދިވެހި ދައުލަތް ބަގުރޫޓްކޮށް، ޤައުމު ވިއްކައި ހުސްކޮށްފި ކަމަށެވެ. ދައުލަތުން އިންތިހާއަށް ލޯނު ނަގައި ގައުމު ދަރުވާލާފައިވާއިރު މިލޯނުތައް ދެއްކޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ހޯދިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން މިޤައުމަށްޓަކައި ނެންގެވި ލޯނުތަކުން ރާއްޖެއަށް ތަރައްޤީ ގެނެސް ދަރަނި ދެއްކޭނެ ގޮތްތައް ފަހިކޮށްފައިވާކަމަށެވެ. ނެގިލޯނުތަކުން މިއަދުވެސް ސިއްޚީ ފަރުވާދީ، ހުޅުމާލެއާއި މާލެއާއި ދޭތެރޭ ދަތުރުކޮށް، ފްލެޓްތަކުގެ ރީތި މަންޒަރުފެނި، ވެލާނާ އެއާރޕޯޓަށް ބޮޑެތި ބޯޓުތައް ޖައްސާ މަންޒަރު ފެންނަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ނެންގެވި ލޯނު ފެންނަން އެބަހުރި، ބްރިޖް، ހޮސްޕިޓާ، ހުޅުމާލެ ދެވަނަ ފިޔަވަހި، ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓް ތަރައްޤީކުރިތަން. ލޯނުތަކާއިއެކު ބަނދަރާއި، ފެނާއި، ނަރުދަމާ އަދި، ސިއްޚީ މަރުކަޒު، ސްކޫލު އަޅާތަން. ބިން ހިއްކުމުގެ އަމިއްލަ ވަންތަކަ ކަމާއިއެެކު މަހާ ޖައްރާފް ގެނެވުނުތަން. މިސަރުކާރުން މިދަނީ ލޯނު ނަގައި ދަރުވަމުން، މިއަދު ލޯނު ދެއްކޭނެ ގޮތެއް ނެތި މުޅި ޤައުމު ވަނީ ވިއްކަފަ.
– އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ މިބައްދަލުވުމުގައި ރައީސް ޔާމީނަށް ނުހައްގުން ދެމުންދަ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި މިއަދު އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް އެދުނު ކޮންމެ ކަމެއްވެސް ގުޅިފައިވާނީ ރައީސް ޔާމީން މިނިވަން ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ