އައްޑޫ ޕޮލިސް އެކަޑަމީގެ ފުރަތަމަ ކޯހުގެ ކިޔެވުން ފަށައިފި

އައްޑޫ ޕޮލިސް އެކަޑަމީގެ ފުރަތަމަ ކޯހުގެ ކިޔެވުން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2022 07:52
0

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމަށްފަހު އެކޮލެޖުގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކަށް ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯސް ވެއްޖެއެވެ.

މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލްއެވެ.

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެކޯހުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެގޮތުން އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލްއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލްއިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.