ހުސްވެފައިވާ ވިލިމާލޭ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް އެންމެފަހުން އުފެދުނު ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރަން ނިންމައިިއެވެ.
ވިލިމާލޭ އަންހެނުންގެ ކޮމެޓީ ގޮޑި ހުސްވެފައިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ހާނީއްކަތަކެއް ލިބި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް، އެދާއިރާގެ ގޮޑި ފުރުއްވަމުންދިޔަ އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ. އިމާންއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެކެވެ.
އެމްއެންޕީން މިއަދު ބުނެފައިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް އިއުލާން ކުރެވިފައިވާތީ، މި ގޮނޑިއަށް އެމް.އެން.ޕީގެ ފަރާތުން ކުރިމަތި ލައްވަން ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވިފައިވާކަމަށެވެ.
މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 09 އޭޕްރީލް 2022 ވާ (ހޮނިހިރު) ދުވަހުގެ 14:00 ކުރިން އެމް.އެން.ޕީގެ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ. ނުވަތަ އެމް.އެން.ޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމް ބަލައިގަނެވޭނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
މިއިންތިޚާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ 10 އޭޕްރީލް 2022 ވާ (އާދީއްތަ) ދުވަހު ރޭގަނޑު 9:30 ން 11:30އަށް ވިލިމާލެ ދާއިރާގެ އިތުރުން މާލޭގެ އެމް.އެން.ޕީ އޮފީހުގައިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ