ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
10 ނޮވެމްބަރ 2020 03:14
0

ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުދޭމުން އައި 45 އަހަރުގެ ދިވެހި އަންހެނެކެވެ މިއީ ކޯވިޑް-19 މިބަލީގައި ރާއްޖެއިން ނިޔާވި 41 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 41 މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއަދު ކޯވިޑް-19ގައި މީހަކު ނިޔާވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޢުމުރުން 60 އަހަރުގެ ދިވެއްސެއް ނިޔާވެފައެވެ. އެއީ ކަނޑިންމަ ރިސޯޓުގެ މުވައްޒަފެކެވެ.

ރާއްޖެއިން މިހާތަނަށް 12،009 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 829 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 11،132 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.