ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިސަރުކާރުން ކުރިމަތި ލާންޖެހޭ: ސައީދު

ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިސަރުކާރުން ކުރިމަތި ލާންޖެހޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 01:24
0

މިއަދު ރާއްޖޭގައި ހައްލުނުކުރެވޭ މައްސަލަތައް ގިނަވެ ސަރުކާރުގެ އަޅާލުން ކުޑަވެ ރައްޔިތުން ގޮތް ހުސްވެފައިވަކަމަށާއި، މިސަރުކާރުން ޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯއްދަވައި ދެއްވުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔެއް އާމްދަނީ ހޯދާ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދައިރާއަށްވާއިރު، މިދާއިރާއަށް ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދެއްވާކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ރިސޯޓްތަކުގައި ތިބޭ ދިވެހި މުވައްޒިފުން ރަށަށް ދިއުމަށްފަހު އަނބުރާ ރިސޯޓަށް ދިއުމުން 14 ދުވަހަށް ކަރަންޓީން ވާންޖެހޭއިރު އެމުއްދަތުގައި މުސާރަ ނުދީ ވަރަށް އިހާނެތިކޮށް ކަންތައް ކުރާކަމަށެވެ. މިނޫންވެސް މިސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ވެފައިވާ ވައުދުތަކަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ 5 ލައްކައެއްހާ އާބާދީގެ އެންމެބޮޑު މަސައްކަތުގެ އާބާދީ ނިސްބަތާ ދިވެހި އެންމެ ގިނަ ޒުވާނުން މަސައްކަތްކުރާ ސިނާއަތް. މިއަދު 50 އިންސައްތަ މީހުން އެތިބީ ވަޒީފާ ނުލިބފަ. މިއަދު އެބުނާ ކަރަންޓީންގެ 14 ދުވަސް ކަނޑާފަ މުސާރަދެނީވެސް. އެޗްޕީއޭ ސަރުކާރު އިސްނަގައިގެން ފަތުރުވެރިކަމުގެ ދައިރާއަށް އިތުރު ލުއިގޮތްތަކެއް ހޯދަންޖެހޭ.

– މުހައްމަދު ސައީދު

ދ.ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އާދަމް ނަސީރުގެ މަރުގައި އެރިސޯޓުގެ އިހުމާލުވުން ބޮޑުކަމަށް ވިދާޅުގެ މެނޭޖްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. މިމައްސަލަ މަޖިލީހަށް ބަލައިގެން ކުރެވުނު ބަހުސްގައި ބައިވެރިވެފައިވަނީ މަރަށް މަދު މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަހުމަދު ނަސީރު ނިޔާވެފައިވަނީ ހުން ގަދަވެގެން ނިޔާވި ދުވަހުގެ ހަވީރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެންދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންކަމަށެވެ. އަދި އޭނާ ނިޔާވެގެން ކުރި ޓެސްޓުތަކުން ކޯވިޑަށް ޓެސްޓްކުރުމުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އާދަމް ނަސީރަކީ ކަނޑިންމަ ރިސޯޓް އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރަމުންދާ އެންމެ ގިނަ ދުވަސްވީ އެއްމުވައްޒިފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.