ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ޝަރީއަތް ނިމެންދެން ބަންދަށް

ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ޝަރީއަތް ނިމެންދެން ބަންދަށް

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2022 11:58
0

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި އެކުއްޖާގެ ދޮންބައްޕަ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރިކޮށްފައިވަނީ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުޅޭ މީހެއް ކަމަށެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް އެނގިފައިވެއެވެ. ފުލުހުން ގެންދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގައިވާގޮތުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ އެ މީހަކު 15 އަހަރާއި 18 އަހަރާ ދެމެދު މުއްދަކަށް ޖަަލައްލެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.