ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވަނީ ސްޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް އެވެ.

ތަހްގީގު ކުރަމުންދަނީ ސުޕްރިމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް އެކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުގެ މައްސަލަ އެއްގައި އަދި ކޯޓުން ބޭރަށް މައުލޫމާތު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައެވެ. ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމާއި، ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭ ގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓާކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ވެސް ޒިންމާގެ ތެރޭ ހިމެނެއެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކަށްފަހުއެވެ. ޑރ. ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ.
ކޮމެންޓު ފޮނުވާ