ސޯނަމް ބަރުދަން ލުއި ކުރަން ކުރީ ބުރަ މަސައްކަތެއް!

ސޯނަމް ބަރުދަން ލުއި ކުރަން ކުރީ ބުރަ މަސައްކަތެއް!

އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރަކީ ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ކުރިން މިހާރު ފިލްމުތަކުން އެފެންނަ ކަހަލަ ރީތި ހަށިގަނޑެއް ހުރި ކުއްޖެއް ނޫނެވެ.

ފިލްމު ސާވަރިޔާއިން ބޮލީވުޑަށް ތައާރަފުވެގެންދިޔަ ސޯނަމް، މިހާރު އެހުރި ފަދަ ރީތި ހަށިގަނޑަކަށްޓަކައި ވަނީ 35 ކިލޯ ހިއްކާލާފައެވެ. އުމުރުން 19 އަހަރުގައިވެސް ފަލަކޮށް ހުރި ސޯނަމް 35 ކިލޯ ލުއި ކޮށްފައިވަނީ 2 އަހަރު ދުވަހުގެ މަސައްކަތުންނެވެ.

މި މަސައްކަތަށްޓަކައި އެތައް ޤުރުބާނީއެއް ވެފައިވާ ސޯނަމް އޭނާކުރި މަސައްކަތް ހާމަކުރަމުން ބުނެފައިވަނީ މިކަން ހަޤީޤަތަކަށް ވެ، މިހާރު ރީތި ހަށިގަނޑެއްގެ ވެރިއަކަށް އޭނާ ވުމުގެ ފަހަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ އޭނާގެ މަންމަ ކަމަށެވެ.

ބަރުދަން ލުއިކުރުމަށްޓަކައި ސޯނަމް ކުރި ބައެއް މުހިއްމު ކަންތަށްތަށް:

ޗޮކްލެޓް، އައިސްކުރީމް ،ތެލުލި އެއްޗެހީގެ އިތުރުން ތައްޔާރީ ކާނާއާއި ޕެކެޓުކުރި ތަކެތި އެއްކޮށް ހުއްޓާލިއެވެ.

ބަރުދަން ލުއިކުރުމަށްޓަކައި ކޮންމެ ދުވަހަކު ޔޯގާ ކުލާހުގައި ބައިވެރިވިއެވެ.

ފެތުން، ނެށުން، އަދި ކުޅިވަރު ކުޅުމުގެ އިތުރުން ކޮންމެ ދުވަހަކު 30 މިނެޓުގެ ކާޑިއޯ އެކްސަސައިޒް ސެޝަންއެއް ކުރިއަށް ގެންދިޔައެވެ.

ހަށިގަނޑަށް ގެއްލުންހުރި ހުރިހާ ކާތަކެތި ހުއްޓާލުމަށްފަހު ކެއުމުގެ ތެރެއަށް ބަދަން، އާފަލު އަދި ޑުރައި ފުރުޓްސް އިތުރު ކުރިއެވެ.

ކޮންމެ ދުވަހަކުވެސް ދުވަސްފަށަނީ ލުނބޯހުތުގެ ހޫނު ފެންތަށްޓަކުންނެވެ.

ދުވާލާއި ރޭގަނޑުގެ ކެއުމުގައި ޕޮރޮޓީން އެކުލެވޭ ކެއުންތަކާއި ބުއިންތަށް ބޭނުން ކުރުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއެވެ.

ގިނަ ކަންތައް ތަކެއް ގުރުބާން ކޮށްގެން ސޯނަމް ވަނީ ރީތި ލޫޅާފަތި ހަށިގަންޑެއް ހޯދާފައެވެ. އެހެން ކަމުން މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ވާނެ ކަަމަށް ސޯނަމް އަންނަނީ ބުނަމުންނެވެ.

2018 ވަނަ އަހަރު ވިޔަފާރި ވެރިއާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރުމަށް ފަހު ސޯނާ ވަނި ފިލްމު ކުޅުމާއި ފެޔަށް ޖެހިލާފައެވެ. އަދި އޭނާ އުޅެމުން ވެސް އަންނަނީ ލަންޑަނުގައެވެ.

އަދިި ހަމަ އެހެންމެ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ސޯނަމް ވަނި އޭނާ އަލަތު ދަރިފުޅަށް ބަނޑުބޮޑުކަން އިއުލާން ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *