2023ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމާއި ކޯލިޝަން ހަދަން ވާހަކައެއް ނުދައްކަން: ޖޭޕީ

2023ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމާއި ކޯލިޝަން ހަދަން ވާހަކައެއް ނުދައްކަން: ޖޭޕީ

Author
މުޙައްމަދު ޖިމީ
31 މާރޗް 2022 02:37
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޗަން ހަދާނެ ޕާޓިއެއް އަދި ނިންމާފައިނުވާކަމަށާއި، އެފަދަ މަޝްވަރާއެއް ޕީޕީއެމާއި އެކު ކުރިއަށް ނުދާކަމަށް އެޕާޓިން ބުނެފިއެވެ.

ޖޭޕީން މިހެން ބުނީ، އެޕާޓިއާއެކު ކޯލިޝަން ހަދާން ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް ޕީޕިއެމުން ކުރުމާއި ގުލިގެންނެވެ. 2013 ވަނަ އަހަރު އެކުލަވާލި ޕީޕީއެމްގެ ސަރުކާރުގައި ޖޭޕީއަކީ ކޯލިޝަން ޕާޓީއެކެވެ. ނަމަވެސް ފަހުން އެ ކޯލިޝަނުން ޖޭޕީ ވަނީ ވަކިވެފައެވެ.

ޖޭޕީން މިއަދު ބުނީ އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ހަދައި އަދި އެއްވެސް ވާހަކައެއް ދެއްކުމަށްވެސް ކޯލިޝަން މަޝްވަރާއެއްވެސް ނުކުރާކަމަށެވެ.

މިދިޔަ މަޖިލިސް އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވިނަމަވެސް ކޯލިޝަނުން އެއްބަސްވުމާއި ޚިލާފަށް އެމްޑީޕީން ވަކިން އިންތިޚާބުގައި ވާދަކުރުމުން ޖޭޕީން ޕީޕީއެމާއި އެއްކޮށް މަސައްކަތްކުރިއެވެ. މީގެ އިތުރުން ޕީޕީއެމްގެ ބައެއް މެންބަރުން މިހާރު ޖޭޕީގައި ތިއްބެވިކަން ފާހަގަކުރައްވާ ރައީސް ޔާމިން ވަނީ ދެ ޕާޓީއަށް އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ޖޭޕީއާއި އެމްޑީޕީއަކީ އެގޮތް ދެ ޕާޓީ ނޫންކަމަށްވެސް އެނގިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވަނީ ، 2023 ގެ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާނެ ޤާބިލް ބޭފުޅުން ޕީޕީއެމް ޕީއެންސިގައި އެބަތިބިކަމަށެވެ. އެޖާގަ އެހެން ޕާޓީއެއްގެ މީހަކަށް ދޭންޖެހޭ އެއްވެސް ފުރުސުތެއް ނެތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގެ ލީޑަރޝިޕްގައި ހުރިހާ ދުވަހަކު ޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް ޕީޕީއެމްގެ ޓިކެޓް ދޭން ޖާގަ ނުދޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.