ދެވަނަ ފަހަރަށް ޕްރަންޑެލީ ފިއޮރެންޓީނާގެ ކޯޗުކަމަށް

ދެވަނަ ފަހަރަށް ޕްރަންޑެލީ ފިއޮރެންޓީނާގެ ކޯޗުކަމަށް

Author
އިބްރާހީމް ސާޢިދު
10 ނޮވެމްބަރ 2020 01:30
0

ފިއެރޮންޓީނާގެ ކޯޗުކަމުގެ މަގާމުން ގުސައްޕޭ ލަޗީނީ މަގާމުން ވަކިކޮށް އެޓީމުގެ ކޯޗު މަގާމު ދެވަނަފަހަރަށް އިޓަލީގެ ގައުމީޓީމުގެ ކުރީގެ ކޯޗު ސެސާރޭ ޕްރެންޑެލީ ހަމަޖައްސައިފިއެވެ.

ލަޗީނީ މަގާމުން ވަކިކުރީ ސީޒަންގައި ނަތީޖާތައް މާބޮޑަށް ގޯސްވުމުގެ ސަބަބުންނެވެ. ސެރިއާގައި މިސީޒަންގައި ފިއެރޮންޓީނާ ކުޅުނު ހަތްމެޗުން ހޯދިފަވަނީ 8 ޕޮއިންޓެވެ. ޕްރެންޑަލީ ފުރަތަމަ ފިއެރޮންޓީނާގައި މަސައްކަތް ކޮއްފަވަނީ 2005 ވަނަ އަހަރުން ފެށުގެން 2010ވަނަ އަހަރާ ހަމަޔަށެވެ. އޭނާ އޭރު މަގާމުން އިސްތިއުފާ ދިނީ އިޓަލީގެ ގައުމީ ޓީމާ ހަވާލުވުމަށެވެ.

ޕްރަންޑަލީ ވަނީ މާސެލޯ ލިއްޕީ 2010 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމުން އިސްތިއުފާ ދިނުމުން އެމަގާމާ ހަވާލުވެ އިޓަލީ ގޮވައިގެން 2014 ވަނައަހަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ. އެޓްލާންޓާގެ ޔޫތްޓީމުން ކެރިއަރުފެށި ޕްރެންޑެލީ އިޓަލީގެ ގައުމީ ޓީމާ ހަވާލުވި އިރު އޭގެކުރިން ގައުމުން ބޭރުގައި އެނާ މަސައްކަތްކޮއްފައެއް ނުވެއެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށްފަހު ތުރުކީގެ ގަލަސަތަރާއީ އާއި ސްޕެއިންގެ ވެލެންސިޔާ އަދި ދުބާއީގެ އަލްނަސްރަށް ވެސް ކޯޗުކޮއްދީފައެވެ. ޕްރަންޑެލީގެ ފިއެރޮންޓީނާގެ ކޯޗުގޮތުގައި ފުރަތަމަ ނުކުންނާނީ މިމަހު 22 ވަނަދުވަހު އިޓަލީކަޕުގެ ހަތަރުވަނަ ބުރުގައި އުދެނޭޒީއާ ދެކޮޅަށެވެ.

އޭނާ އެންމެފަހުން އިޓަލީގެ ކުލަބަށް ކޯޗަކަށް ހުރީ 2018 ވަނައަހަރު ޖެނޯވާގައެވެ. އުމުރުން 63 އަހަރު ޕްރަންޑެލީގެ އެއްބަސްވުމާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ފިއޮރެންޓީނާއިން ހާމަކޮއްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.