ރޯދަ މަހަށް ފުރުޤާން މިސްކިތް މަރާމާތުކޮށް ނިމޭނެ: އިއްބެ

ރޯދަ މަހަށް ފުރުޤާން މިސްކިތް މަރާމާތުކޮށް ނިމޭނެ: އިއްބެ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 09:04
0

މާލެ ސިޓީގެ މިސްކިތްތައް އާބަތުރަފިލުވުމުގެ މަސައްކަތުގެ ތެރެއިން ފުރުޤާން މިސްކިތުގެ މަސައްކަތް ކުރިއަށްއޮތް ރަމަޟާން މަހަށް ނިންމާލެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުރުޤާން މިސްކިތުގެ މަރާމާތާއި ގުޅޭ ތަފްޞީލް ހާމަކޮށްދެއްވާ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މިސްކިތްތައް އާބާތުރަ ފިލުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުރުޤާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.

ފުރުޤާން މިސްކިތުގެ މަސައްކަތްތައް ތަފްޞީލް ކޮށްދެއްވަމުން އިބްރާހިމް ވިދާޅުވީ ކަނބަލުން ނަމާދުކުރުމަށް ޚާއްޞަ ސަރަޙައްދު ގެ މަރާމާތާއިއެކު އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތް ރަމަޟާން މަހުގެ ކުރިން ފުރުޤާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

މާލޭގެ މިސްކިތްތަކަކީ މާލޭ ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އިމާރާތްތައް ކަމަށާއި، މިސްކިތްތަކަކީ އެންމެ ރަގަޅަށް ރީތިކޮށް ބަލަހައްޓަން ބޭނުންވާ ތަންތަން ކަމަށް މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުމުގެ ޕްރޮގްރާމްގެ ދަށުން، ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން 32 މިސްކިތެއް މަރާމާތުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.