ވިތުރީގެ 3 ރަކުޢަތް އެއްކޮށް ކުރެވިދާނެތަ؟ ކުރެވޭނަމަ ކުރާނީ ކިހިނެއް؟

ވިތުރީގެ 3 ރަކުޢަތް އެއްކޮށް ކުރެވިދާނެތަ؟ ކުރެވޭނަމަ ކުރާނީ ކިހިނެއް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ވިތުރީގެ ތިން ރަކްޢަތް އެއްކޮށް ކުރެވިދާނެއެވެ. އެކަމުގައި ދެގޮތެއްވެއެވެ.

ފުރަތަމަ ގޮތަކީ: ތިންރަކްޢަތް އެއްކޮށް އެއް އައްތަޙިއްޔާތަކުން ކުރުމެވެ. ދަލީލަކީ ޢާއިޝަތުގެފާނުގެ ރިވާޔަތެވެ. (كان يوتر بثلاث لا يقعد إلا في آخرهن) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ އަލައިހި ވަސައްލަމަ ވިތުރީގައި ތިން ރަކްޢަތް ކުރައްވައެވެ. އޭގެ އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ".

ދެވަނަ ގޮތަކީ: ދެރަކްޢަތް ކޮށްފައި ސަލާމް ދިނުމެވެ. އެއަށްފަހު ތިންވަނަ ރަކްޢަތް ވަކިން ކުރުމެވެ. لما ورد عن ابن عمر رضي الله عنهما : أنه كان يفصل بين شفعه ووتره بتسليمة ، وأخبر أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يفعل ذلك) މާނައަކީ: އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިތުރީގައި ދެރަކްޢަތް ކުރެއްވުމަށް ފަހުގައި ސަލާމް ދެއްވައެވެ. އަދި ތިންވަނަ ރަކްޢަތް ވަކިން ކުރައްވައެވެ، މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތެއްކަމުގައި އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ވިދާޅުވެއެވެ".

ނަމަވެސް ވިތްރީގައި ފަސްރަކްޢަތް ނުވަތަ ހަތް ރަކްޢަތް ކުރާނަމަ ހުރިހާ ރަކްޢަތެއް ނިމިގެން އެއް ފަހަރު އައްތަޙިއްޔާތު ކިޔާނީ އެވެ. އެދެމެދުގައި އައްތަޙިއްޔާތެއް (މެދު އައްތަޙިއްޔާތެއް) ނާންނާނެއެވެ. لما روت عائشة رضي الله عنها قالت : كان رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي من الليل ثلاث عشرة ركعة يوتر من ذلك بخمس لا يجلس في شيء إلا في آخرها) މާނައަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރޭގަނޑުގެ ނަމާދުގައި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތޭރަ ރަކްޢަތް ކުރައްވައެވެ.

އޭގެ ތެރެއިން ފަސްރަކްޢަތަކީ ވިތުރިއެވެ. އެދެމެދުގައި އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ". އެބަހީ: ފަސްވަނަ ރަކްޢަތުގައި މެނުވީ އައްތަޙިއްޔާތު ވިދާޅެއް ނުވެއެވެ.

والله أعلم.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *