އަލިފުށި ފުޓްބޯޅަ ދަނޑުގައި ލައިޓްހަރުކޮށް، ރޮސްޓްރަމްއެއް ގާއިމްކުރަނީ

އަލިފުށި ފުޓްބޯޅަ ދަނޑުގައި ލައިޓްހަރުކޮށް، ރޮސްޓްރަމްއެއް ގާއިމްކުރަނީ

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 10:15
0

ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ ލައިޓިން އަދި ރޮސްޓްރޮމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި މި މަސައްކަތްތައް ހަވާލުކުރެވުނު ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އަބްދުﷲ އެވެ.

އަލިފުށީ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،120،691.44 ރުފިޔާއަށެވެ. މި މަސައްކަތް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 54 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެރަށުގެ ދަނޑުގައި ރޮސްޓްރޮމް ގާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ 4،823،753.66 ރުފިޔާއަށެވެ.

މި މަސައްކަތް ވެސް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.