ހުށަހަޅާފައި އޮތީ ދަރަނި ބޮޑު ބަޖެޓެއް، ދަރަނި އަދާކުރެވޭނެ ގޮތެއް ނުދެއްކޭ: އާދަމް ޝަރީފް

ހުށަހަޅާފައި އޮތީ ދަރަނި ބޮޑު ބަޖެޓެއް، ދަރަނި އަދާކުރެވޭނެ ގޮތެއް ނުދެއްކޭ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 08:19
0

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ ދަރަނި ބޮޑު ބަޖެޓެއް ކަމަށާއި، ދަރަނިން އަރައި ގަނެވޭނެ އެއްވެސް ގޮތެއް ބަޖެޓްގައި ދައްކާފައި ނުވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ހުށަހެޅި 34.7 ބިލިޔަން ރުފިޔާގެ ބަޖެޓްގެ 15.5 ބިލިޔަނަކީ ދަރަނި ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ގޮތުން ދަރަނި އަދާކުރެވޭނެ އެއްވެސް ގޮތެއް ނުދައްކައި، ދަރަނި އިތުރުކުރުމަކީ ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

20121 ގެ 34.7 ބިލިޔަން ބަޖެޓް ގެ 15.5 ބިލިޔަނަކީ ދަރަނި. ޑެފިސިޓް ކުޑަކުރަން އިތުރު އާމްދަނީ ލިބޭނެ ގޮތެއް ނުރާވައި ޑެފިސިޓް ބޮޑުކުރުމަކީ ޒިންމާ ދާރުކަން ކުޑަކަމެއް. !2012 ގައި ލޯން ރި ޕޭމަންޓް އަށް 4,032.3 ބިިލިޔަން ރުފިޔާ! ދަރަނި ނުދެއްކިދާނެ!

– އާދަމް ޝަރީފް އުމަރު

2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ މިއަދު ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަ ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.