"އިންޑިއާ އައުޓް" ހަރަކާތް ސަރުކާރަށް ނުހުއްޓުވެންޖެހޭ ސަބަބެއް ނުވިސްނޭ: އީވާ

"އިންޑިއާ އައުޓް" ހަރަކާތް ސަރުކާރަށް ނުހުއްޓުވެންޖެހޭ ސަބަބެއް ނުވިސްނޭ: އީވާ

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2022 09:52
0

އިންޑިއާއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ސަރުކާރަށް ނުހުއްޓުވެންޖެހޭ ސަބަބެއް ނުވިސްނޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ ރައްކާތެރިކަން ދެެމެހެއްޓުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އިންޑިއާއިއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަން ދިވެހި ތާރީހުންވެސް ހެކިދޭކަމަށެވެ.

ރާއްޖެއަށް ދިމާވި ބޮޑެތި ހާދިސާތަކުގައާއި، އެންމެ ދަތި ދުވަސްތަކުގައިވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އިންޑިއާކަމަށް އީވާ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ޕީޕީއެމްގެ މެމްބަރުންނަށްވެސް ވަރަށް ބޮޑަށް އޮޅުވާލައިގެން އަމިއްލަ މާލީ އަދި ސިޔާސީ މަންފާއަށް ހިންގަމުންދާ ހަރަކާތެއްކަމަށް އީވާ ވިދާޅުވިއެވެ. މިހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވާއިރު މިކަން ހުއްޓުވަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

މިއީ ޤައުމީ ސަލާމަތަށް އޮތް ނުރައްޖަލެއްކަން ފުލުހުންނާއި، ސިފައިން ބުނެފި، މިކަން ސަރުކާރަށް ހުއްޓަންޖެހޭ. މިކަން ނުހުއްޓުވެންވީ ސަބަބެއް ނުވިސްނޭ.

– އީވާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންޑިއާ އައުޓް ވާންޖެހޭކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުބާލަނީސް މިހަރަކާތް ހުއްޓުމެއް ނެތްކަމަށާއި، ހުކުރު ދުވަހުވެސް "ނޭވާ ހޮޅިއަށް" ނަމުގައި ބޮޑު ހަރަކާތެއް އޮންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު މިހާރުވެސް ފުލުހުން އަޅަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ހުކުރު ދުވަހުވެސް އެފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެހަރަކާތް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް ޤާނޫނާއި ޚިލާފް އެއްވެސް ހަރަކާތެއް ހިންގުމަށް ފުލުހުން ޖާގަ ނުދޭނެކަމަށް ދަންނަވާފައިވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Sababu varah saafu. Enmenge Qaumeh ehbayaku vagu agreement hadhaigen vihkamun dhaathee qaumee roohugai nikunna batholun fahathakan nujehseyne