ނަޝީދު އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވުމުން، ސައީދު މަޖިލީހުން ނެރޭނެ ކަމުގެ އިންޒާރުދީފި

ނަޝީދު އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވުމުން، ސައީދު މަޖިލީހުން ނެރޭނެ ކަމުގެ އިންޒާރުދީފި

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2022 10:19
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ތަޅުމުގައިވެސް އަދި އާންމު ރައްޔިތުންނާއި މުޚާތަކޮށް ވާހަކަ ދައްކަވާއިރުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދައިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރުގެ ކޮމިެޓީ ރިޕޯޓުގެ ބަހުސްގައި ސައީދު ވަނީ މިސަރުކާރުން އިންޑިއާއާއިކު ހަދާފައިވާ އެއްބަސްވުންތަކަކީ ނުރައްކާތެރި އެއްބަސްވުންތަކެއްކަމަށް ވިދާޅުވެފައެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ހުށަހަޅާފައިވަ ހުށަހެޅުމަކީވެސް މިކަމުގެ ތެރެއިން ކުރެވޭ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސައީދުވަނީ ވިދާޅުވެފައެވެ. ސައީދުގެ ވާހަކަތަކައި ގުޅިގެން ރައީސް ނަޝީދު ވަނީ އިހަވަންދިއްޕޮޅުގައި ބޭރުގެ ބަޔަކާއިއެކު އެއްބަސްވުމެއް ހަދާފައިވާނަމަ އެކަން ކޮށްފައިވަނީ ނިމިދިޔަ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަސް ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ސައީދު ވިދާޅުވީ ނަޝީދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅުކަމަށް ވިދާޅުވެފައެވެ. މިއާއެެކު މަޖިލިސް ރައީސް ކަމުގައި އިންނެވި ނަޝީދު ވަނީ އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާކަމަށް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންގޮސް ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައެވެ.

މިއާއިއެކު ސައީދު ވިދާޅުވީ ނަޝީދަކީ އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށެވެ. މަޖިލިސް ތަޅުމުގައިވެސް އަދި އާންމު ތަންތަނުގައިވެސް ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށެވެ. ސައީދުގެ ވާހަކަ މެދު ކަނޑާލައި ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި މަޖިލީހުން ނެރެން ނަން އިއްވާނެކަމަށް ވިދާޅުވެފައެވެ.

ނަޝީދު ސައީދުގެ ނަން އިއްވާނެކަމަށް ވިދާޅުވުމަށްފަހު އިތުރަށް ސައީދަށް ވާހަކަ ދެއްކުމަށް ފުރުސަތު ދީފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
Ae mdp gebimehgaa hadaafa huri imaaraathehtha noonee naseeduge amihlabimuga naseedige amihla imaaraathehtha