32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

ގުޅުންހުރި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އައުޓްޑޯ ޖިމް ގާއިމްކުރާ ރަށްތައް:

  • ހއ. ބާރަށް
  • ހއ. ތަކަންދޫ
  • ހއ.މުރައިދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ނޭކުރެންދޫ
  • ހދ. ކުމުންދޫ
  • ހދ. ވައިކަރަދޫ
  • ށ. ފޯކައިދޫ
  • ށ. ކަނޑިތީމު
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ނ. ކުޑަފަރި
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. މަޑުއްވަރީ
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • ރ. އިނގުރައިދޫ
  • ރ. އިންނަމާދޫ
  • ރ. މީދޫ
  • ރ. ފައިނު
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • ކ. ދިއްފުށި
  • ވިލިމާލެ
  • ކ. ތުލުސްދޫ

މިއެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *