ރެސިޕީ: އޯރިއޯ މިލްކްޝޭކް

ރެސިޕީ: އޯރިއޯ މިލްކްޝޭކް

Author
ފާތިމަތު ނާވީ
03 އޭޕްރިލް 2022 08:48
0

ރޯދަމަހަކީ އެކި ކަހަލަ ކެއުންތަކާއި ބުއިންތަކުން މޭޒުމަތި ފަޅުފިލުވައިދޭ މަހެކެވެ. ބުއިންތަކަށް ބަލާލާއިރު، ކޮންމެ ދުވަހަކު ރޯދަ ވީއްލަން ކަރާފަނި ގިރާފައި ބެހެއްޓުމަކީ އެދެވޭ ކަމަކަށް ނުވެދާނެއެވެ. އެކި ޒާތްޒާތުގެ ފަންޏަކީ ދިވެހިންނާ ވަރަށް ރައްޓެހި އެއްޗަަކަށް ވިޔަސް، ފަނި ނޫނަސް ފަސޭހަކަމާއެކީ ތައްޔާރުކޮށްލެވިދާނެ ބުއިންތައް ހުރެއެވެ. އޭގެތެރެއިން މިއަދު މި ބަލައިލަނީ، އޯރިއޯ މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

  • 4 އައިސްކިއުބް
  • 2 ސްކޫޕް ޗޮކްލެޓް އައިސްކްރީމް
  • 1 ޖޯޑު ކިރު (ފިނިކޮށްފައި)
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 6 އޯރިއޯ ބިސްކޯދު
  • ވިޕިންގ ކްރީމް (ބޭނުންނަމަ)

ތައްޔާރު ކުރާނެގޮތް:

މަތީގައިވާ ހުރިހާ އެއްޗެއް (ވިޕިންގ ކްރީމް ފިޔަވައި) މިކްސަރަށް އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރާނީއެވެ. އެއަށްފަހު ބިއްލޫރި ތަށްޓަކަށް އެޅުމަށްފަހު، އޭގެ މައްޗަށް ވިޕިންގ ކްރީމް ކޮޅެއް އަޅާނީއެވެ. ބޭނުންނަމަ، މަތީގައި އޯރިއޯ ބިސްކޯދެއް ޖަހައިލެވިދާނެއެވެ. މިލްކްޝޭކް ބޯން ފަސޭހަވާނީ ހޮޅިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.