ޕައިންއެޕަލް އަޕްސައިޑް ޑައުން އަކީ ކޭކުގެ ބާވަތެކެވެ. މިއީ ތަފާތު ގޮތްގޮތަށް އަޅާ އުޅޭ ކޭކެވެ. ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިލުމަށް މިއަދުގެ މެނޫގައި ޕައިންއެޕަލް އަޕްސައިޑް ޑައުން ހިމަނާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއީ މަދު ބާވަތްތަކަކުން ތައްޔާރު ކޮށްލެވޭ އަނގަޔަށް ވަރަށް މީރު ކޭކެކެވެ.

ބޭނުން ވާނެ ތަކެތި:
1 ދަޅު ގެރިކިރު
5 ބިސް
1 ޖޯޑު ފުށް
1 ދަޅު އަލަނާސި
ބައި ޖޯޑު ބަޓަރު
ވެނީލާ އެސެންސް
2 ސައި ސަމުސާ ބޭކިން ޕައުޑަރ
2 މޭޒުމަތީ ސަމުސާ ހަކުރު
ދެ އިނގިލި ކުރިން ހިފާލެވޭވަރުގެ ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޭކު އެޅުމަށް ބޭނުންވާ ޓްރޭއަށް ހަކުރު ކޮޅު އަޅާ މަޅުކޮއްލާށެވެ. ގޯލްޑެން ބްރައުން ކުލަ ހުންނަވަރަށް ހަކުރު ކޮޅު މަޅުވުމުން އަލަނާސި ފޮތިތައް އަތުރާލާށެވެ. އެއަށް ފަހު ސެޓް ކުރުމަށް ޓްރޭ ބައިންދާށެވެ.
ކޭކު ތައްޔާރު ކުރުމަށް ބަޓަރާއި ބިހާއި ގެރިކިރު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮއްލާށެވެ. އެއަށް ފަހު ފުށްކޮޅު ފުރޭންޏަކަށް އެޅުމަށްފަހު ބޭކިން ޕައުޑަރ އަދި ލޮނު ކޮޅު އަޅައިގެން، މިކްސް ކޮށްފައި ހުރި ތަށި ތެރެއަ ފުރާނާލާށެވެ.
އެއަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮއްލާށެވެ. މިހާރު ހުންނާނީ ކޭކު ފުށްގަނޑެއް ހެދިފައެވެ. ދެން އެސެންސު ކޮޅު އެއްކޮއްލުމަށް ފަހު ސެޓް ކުރަން ބޭންދި ޓްރޭއަށް އަޅާލާށެވެ.
އަވަން ޕްރި ހީޓް ކުރުމަށްފަހު ކޭކު ފިހަން ލާށެވެ. މައްޗަށް ބްރައުން ކުލަ އަންނަންދެން ފިހާށެވެ. ރަނގަޅަށް ފިހެވުނުކަން ޔަގީން ކުރުމަށްފަހު ކޭކު ނަގާ ހިހޫ ކުރަން ބައިންދާށެވެ. ހިހޫ ވުމުން ތައްޓަކަށް ބަންޑުން ޖަހާށެވެ. އޭރުން އަލަނާސި ފޮތިތަށް ހުންނާނީ މަައްޗަށް ވާގޮތަށެވެ. މިހާރު އެ ހުރީ ޕައިންއެޕަލް އަޕްސައިޑް ޑައުން ތައްޔާރުވެފައެވެ.
ކޮމެންޓު ފޮނުވާ