ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަޤާމުން އިސްތިއުފާދެއްވައިފި

ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަޤާމުން އިސްތިއުފާދެއްވައިފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2020 03:15
0

ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސޫޒަން އާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި އެކޮމިޝަނުން ހިންގި ޚާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީގޮތުން ބަލަންޖެހޭ މައްސަލަތަކެއް ބެލުމަށް، މުސާރަ ލިބޭ ގޮތަށް އެއްމަސްދުވަހަށް ސަސްޕެންޑކޮސްފައިވާކަމަށެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގ 17 ވަނަ ދުވަހުއެވެ. އަދި އޭނާ އިސްތިއުފާދެއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ15 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު އެމަޤާމަށް މީހަކު ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ސޫޒަންއާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްތޤރީގެ މުވައްޒަފުންތަކެއް ސިވިލް ސާރވިސް ކޮމިޝަނށް ފޮނުވި ސިޓީއެއގައިވަނީ އޭނާގެ ޤާބިލްކަމާމެދު ސުވާލު އުފެދޭކަމަށެވެ. އަދި މަޤާމުގައި ހުންނަވައިގެން މުވައްޒަފުންގެ ކުރިއެރުމަށް އޭނާ މަސައްކަތްކޮށްފައި ނުވާކަމަށްވެސް މުވައްޒަފުން ސީއެސްސީއަށް ފޮނުވި ސިޓީގައިވެއެވެ. މިނިސްޓްރީގެ ސިޔާސީވެރިންގެ އެންގުންތަކާ އެއްގޮތަށް ސިވިލް ސާވިސްގެ ގަވައިދާ ޚިލާފަށް ޕާމަނަންޓް ސެކްރެޓަރީ އަމަލުކޮށްފައިވާކަމަށާއި، އެގޮތުން ސިވިލް ސާވިސްގެ އުސޫލުތަކާއި ހިލާފަށް މުވައްޒަފުން މަސައްކަތް ކުރަމުންދާ ސެކްޝަން ބަދަލުކުރުން ފަދަ ކަންކަން ކޮށްފައިވާއިރު އެކަންކަމާމެދުވެސް ޕީއެސް އިހުމާލުވެފައިވާކަމަށް ސިޓީގައިވެއެވެ.

ޕާމަންންޓް ސެކްރެޓަރީގެ މަޤާމަށް ސީއެސްސީން މިހާރު ހުޅުވާލާފައިވާއިރު އެމަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުގެ އޮޑިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދު ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި ސަރުކާރު ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ ހިންގުމުގެ ދައިރާގައި މަދުވެގެން ހަ އަހަރުދުވަހުގެ މަސައްކަތު ތަޖުރިހާ ލިބިފައިވުންވެސް ހިމެނެއެވެ. މިމަޤާމަސް އައްޔަންކުރެވޭ މީހެއްގެ މުސާރައަކީ މަހަކު 20،000 ރުފިޔާއެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި މަހަކު ފަނަރަ 15،000 ހާސް ރުފިޔާއާއެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.