ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހާރްޝް ވަރްދަން ޝްރިންގްލާއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިބައްދަލުވުމުގައި މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ ވެސް ބައިވެރިވެފައިވެއެވެ. އިންޑިޔާގެ ފޮރިން ސެކްރެޓަރީ މަޖިލިސް ރައީސް އާއި ބައްދަލު ކުރައްވާފައިވާއިރު، ފޮރިން ސެކެޓްރީ ވަނީ ރައީސް ޞާލިހު އާއިވެސް ބައްދަލު ކުރައްވާފައެވެ.

ރައީސް ޞަލިހު އާއިއެކު ބޭއްވުނު ބައްދަލުވުމުގައި ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެ ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައްވެސް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ