އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް އެދިވަޑައިގެންފި

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް އެދިވަޑައިގެންފި

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގުނު އެންމެބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް މިމަހު ފަށާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް މިމަހު ކްރިމިނަލް ކޯޓުގައި ފަށާއިރު އެ އަޑުއެހުންތައް ލައިވް ސްޓްރީމްކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައި ވާނެކަމަށެވެ. އެއީ މިމައްސަލަ ވީހާވެސް ދެފުށްފެންނަ ގޮތަކަށް ގޮތަކަށް ކުރިއަށް ގެންދެވުމަށް ކަމަށްވެސް ޝަމީމު ވަނީ ވިދާޅުވެފައެވެ. ޝަމީމު ވިދާޅުވީ މި އިންތިޒާމު ކޯޓުން ހަމަޖައްސަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ވަކި މީހަކަށްވީތީ ދައުވާކުރަން ފަހަތަށް ނުޖެހޭނެ ކަމަށާއި، އެއީ މިސަރުކާރުގައި ހިމެނޭ މީހަކަށްވިޔަސް ދައުވާ ކުރައްވާނެކަމަށް ޝަމީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައި އޮތް ގޮންޖެހުމަކީ މައްސަލަ ހިނގިތާ ހަތަރު ފަސްއަހަރެއް ފަހުން މައްސަލަ ތަހުގީގް ކުރަން ފެށުންކަމަށެވެ. މިމައްސަލާގައި އެންމެ އެކަށީގެންވާ ގޮތަކަށް މަސައްކަތް ފެށިފައިވަނީ މިއަހަރުގެ ތެރޭގައިކަމަށްވާއިރު، މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަކީ މިމައްސަލައިގެ ބޮޑުމިނަށްބަލާއިރު ރަނގަޅު މިންވަރެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިހާރުވެސް މިމައްސަލާގައި ޝާމިލުވާ އިތުރު މީހުންގެ މައްސަލަތައްވެސް ތަހުގީގު ކުރެވި ދައުވާ ކުރުމާއި ހަމަޔަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށް ޕީޖީ ޝަމީމް ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *