އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމަށް އާޒިމަށް ގިނަ ތުހުމަތުތަކެއްކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލައަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ފަރާތް ޕުޅުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމް އެންޕީ އަށް ނާޖާއިޒް ގޮތުގައި މަންފާ ހޯދައި ދެމުންދާ މަންޒަރު ކަމަށާއި އަދި މީގެ އިތުރުން އޭނާގެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އެކި އެކި ޕްރޮޖެޓް ތައްވެސް އޭނާއާއި ގުޅުން އޮންނަ ފަރާތްތަކަށް ޓެކުން ފަދަ ޖަރީމާތައް ހިންގައި ކުރީ ސަރުކާރުގެ ނައިބު ރައީސް އަޙުމަދު އަދީބް ފަދައިން އަމިއްލަ ޖީބު ފުރަމުންދާ މަންޒަރުކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.
މިމައްސަލަ މަޖިލީހަށް ބަލައި ނުގަންނަން 28 މެމްބަރަކު ވޯޓު ދެއްވިއިރު، މިމައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ.
މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެކި އެކި ދާއިރާތަކުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތްތަކުގައ އެ ސިފަތައް ނެތް ކަމަަށެވެ.
ޖާބިރު މަޖިލީހަށް ހުށަހަޅުއްވާ މިފަދަ ގިނަ މަސައްލަތަށް މަޖިލީހުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.