މާސްކު އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ކަނޑައަޅައިފި

މާސްކު އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ކަނޑައަޅައިފި

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށް މާސް އެޅުން މަޖުބޫރު ކުރި ނަމަވެސް މިއަދުން ފެށިގެން މާސްއެޅުމަކީ މަޖުބޫރު ކަމެއް ނޫންކަމަށް ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން އަނެއްކާވެސް މަޖުބޫރުކޮށްފައި ވަނީ ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. ނަމަވެސް މިއަދުން ފެށިގެން ދިން ލުއިތަކާއިއެކު މާސްކު އެޅުމަކީ މަޖުބޫކަމެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

މާސްކު އެޅުމަށް ދީފައިވާ ލުއިތައް:

– ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޯވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސުން. ނަމަވެސް ތިރީގައިވާ ތަންތަނާއި ޙާލަތްތަކުގައި މާސްކު އަޅަންވާނެއެވެ.

– ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް މާސްކު އަޅަންވާނެ.

– ކޯވިޑު -19 އަށް ޕޮޒިޓިވްވާ ރޭޓް %20 އަށްވުރެއް މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި

– ބަލީގެ އަލާމާތް ހުންނަ ފަރާތްތަކާއި ބަލިޖެހުމުން ނުރައްކާ ވެދާނެ ފަރާތްތަކާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި (ގިނަ މީހުން އެއްތަންވާގޮތަށް ޚިދުމަތްދޭ ތަންތަން ހިމެނޭގޮތަށް) މާސްކު އެޅުމަކީ އެދެވިގެންވާ ކަމެކެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ފިޔަވަޅުތައް ހަރުކަށި ނުކޮށް، އާއްމު ޙާލަތުގައި އާއްމުންގެ އެހީއާއެކު ބަލި ކޮންޓްރޯލްކުރުމަށެވެ. ބަލި ކޮންޓްރޯލްކުރުމަށް މީގެކުރިން ބޮޑެތި ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ލޮކްޑައުންކުރުމާ، ކާފިއު ގަޑިތައް ކަނޑައެޅުމާ އަދި ޚާއްސަ ހުއްދައިގެދަށުން ނޫނީ ބޭރަށް ނުނިކުމެވޭގޮތަށް އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ. މިކަންކަމަށް މިހާރު ލުއިދީފައިވަނީ އެންމެ އެކުގައި ކުރި މަސައްކަތުން ބަލި ކޮންޓްރޯލްކުރެވުމުންނެވެ.

ރާއްޖެއަކީ ކޯވިޑް ބަލި ކޮންޓްރޯލްކޮށް އަލުން އާ އާއްމު ޙާލަތަށް އައުމުގައިވެސް ނަމޫނާ ދެއްކި ޤައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *