ދުވަސްވީ ރުއްތައް ބަދަލުކުރާނަމަ ރުށް ހައްދައިގެން ރުއް ބަދަލުކުރުން މަޑުޖައްސާލުން މަ ބުއްދިވެރިވާނެކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އައްޑޫ މޭޔަރު ޢަލީ ނިޒާރަށް ރައްދު ދެއްވައިފިއެވެ.
އައްޑޫ ސިޓީ ލިންކު ރޯޑްގައި ހުރި ރުއްތައް ކެނޑުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އައްޑޫ މޭޔަރަށް އަމާޒުވެފައެވެ. މޭޔަރު ވިދާޅުވީ ރުއް ކެނޑިޔަސް އާންމުން ރުޅި އަންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
މިކަމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ދުވަސްވީ ރުއްތައް ބަދަލުކުރާނަމަ، ނާސަރީ ހަދައިގެން ކުދި ރުއް ހައްދައިގެން ރުއްތައް ބަދަލުކުރުން މަޑުޖައްސާލުން މާބުއްދިވެރިކަމަށެވެ.
ފުރަތަމަ އިންދަންވީއެވެ. ކަނޑަންވީކީ ނޫނެވެ.
– މުޙައްމަދު ވަޙީދު (ވައްޑެ)
ދުވަސްވީ ރުއްތައް ބަދަލުކުރާނަމަ، ނާސަރީ ހަދައިގެން ކުދި ރުއް ހައްދައިގެން ރުއްތައް ބަދަލުކުރުން މަޑުޖައްސާލުން މާބުއްދިވެރިއެވެ. ފުރަތަމަ އިންދަންވީއެވެ. ކަނޑަންވީކީ ނޫނެވެ.
— Waddey (@waddey_) March 13, 2022
އައްޑޫ ލިންކް ރޯޑުގައި ހުރި ރުށްތަކަކީ ވަރަށް ދުވަސްވީ އަދި އައްޑީގެ ރަމްޒެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ލިންކް ރޯޑަށް ފުރިހަމަކަން ގެނެސްދީ ރީތިކަން އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި އައްޑޫ ރައްޔިތުން ސިފަކުރެއެވެ.
މި ރުށްތައް ކެޑުމާއެކު އެކަމާއި ހިތާމަކޮށް އެކަން ހިނގިގޮތް ކިޔއިަދިނުމަށް އެދި ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.
My fav road in Addu, someone just decided to ruin it. I just wanna know WHYY!!! ???????????? pic.twitter.com/UcnktsUDDs
— Lahu (@la_who) March 10, 2022
އައްޑޫ ލިންކު ރޯޑުގައި ހުރި ރުށްތައް ކެނޑި ސަބަބާއި ގުޅޭގޮތުން އައްޑޫ މޭޔަރު ވިދާޅުވީ، ލިންކު ރޯޑުގައި ހުރި ރުއްތަކެއް ކަނޑާލީ އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި، އެއްގަމު އުޅަނދުތަކަށް ކުނި އެޅޭތީކަމަށެވެ. އެ ރުށްތަކުގެ ސަބަބުން އުނދަގޫވެގެން ވަރަށް ގިނަ ޝަކުވާ ލިބޭކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑުް 50 ރުށް ވަނީ ކަނޑާފައެވެ.
އައްޑޫ ސިޓި ކައުންސިލުން ވަނީ ލިންކު ރޯޑުގައި އިތުރު ރުށް އިންދާނެކަމަށް ބުނެފައެވެ. މިގޮތުން 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ކޮމެންޓު ފޮނުވާ