ކެޓްރީނާ އާއި ދައިރްޔާގެ ކެމިސްޓްރީއަށް ތައުރީފް އޮހެނީ!

ކެޓްރީނާ އާއި ދައިރްޔާގެ ކެމިސްޓްރީއަށް ތައުރީފް އޮހެނީ!

Author
ފާތިމަތު ނާވީ
12 މާރޗް 2022 04:06
0

އެކްޓަރ ވިކީ ކޯޝަލްއާ ކައިވެނި ކުރުމަށް ފަހު ރާއްޖޭގައި ކުރު ހަނީމޫނެއް ހޭދަކުރުމަށް ފަހު ބަތަލާ ކެޓްރީނާ ކައިފް ވަނީ ދާދިފަހުން އަނެއްކާވެސް ރާއްޖެ އައިސްފައެވެ.

އެފަހަރު ކެޓްރީނާ ރާއްޖެއައީ ފޮޓޯ ޝޫޓަކަށް ކަމަށް ވަނީ ޚަބަރުތަށް ފެތުރިފައެވެ. ނަމަވެސް އޭނާ އައީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އޭނާ ޕްރޮމޯޓް ކުރާ ބުއިމެއް ކަމުގައިވާ ސްލައިސްގެ އިޝްތިހާރެއް ކުޅުމަށެވެ.

ކެޓްރީނާ އާއެކު އިތުރު މީހަކު ދަތުރުގައި ބައިވެރިވިކަމަށް އޭރު ހަބަރުތަކުން ނުބުނެއެވެ. ނަމަވެސް އެދަތުރުގައި ކެޓްރީނާ އާއެކު ވަނީ، ފެބުރުވަރީ މަހު ރިލިޒް ކުރި ދީޕިކާ ޕަޑުކޯންގެ "ގެހެރާއިޔާ"ގެ އެއް ތަރި ކަމުގައިވާ ދައިރްޔާ ވެސް އައިސްފައެވެ.

މިހާރު ދައްކަން ފަށާފައިވާ މި އިޝްތިހާރުގައި ކެޓްރީނާ އާއި ދައިރްޔާގެ ކެމިސްޓްރީ ވަނީ ބެލުންތެރިންގެ ހިތް އަތުލައިފައެވެ. އެދެމީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަމަށް ބުނެ ގިނަބަޔަކަށް އެޖޯޑު ކަމުގޮސްގެން ވަނީ ތައުރީފު ކޮށްފައެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ގިނަބަޔަކު މިހާރު ސުވާލުކުރަމުން ދަނީ މިދެމީހުން އެކުގައި ލޯބީގެ ފިލްމަކުން ބަލާލުމުގެ ފުރުސަތު ލިބިދާނެތޯއެވެ. އަދި އެއްބަޔަކު ބުނެފައިވަނީ މި އިޝްތިހާރު ވިކީ ބަލައިފިތޯ އާއި އޭނާ މި އިޝްތިހާރާމެދު ބުނަނީ ކީކޭތޯއެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.