ސަރުކާރުން އިޖާބަ ނުދިނުމުން، ކަނޑައެޅި ބޮޑު އަގުގައި ދަތުރުތައް ފަށައިފި

ސަރުކާރުން އިޖާބަ ނުދިނުމުން، ކަނޑައެޅި ބޮޑު އަގުގައި ދަތުރުތައް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2022 09:10
0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދަތުރުތަކުގެ އަގަށް ހައްލެއް ގެނައުމަށް ޓްރާސްޕޯޓް މިނިސްޓްރީގައި އެދުނުތާ 2 ހަފްތާވެގެން ދިޔައިރު އިޖާބަ ނުދިނުމުން، ޓެކްސީ ސެންޓަރުތަކުން ކަނޑައެޅި ބޮޑު އަގުގައި ދަތުރުތައް ފަށައިފިއެވެ.

ޑްރައިވަރަކު ބުނިގޮތުގައި ޑްރައިވަރުން ކަނޑައެޅި ބޮޑު އަގާ އެކު މިރޭ އަލުން ދަތުރުތައް ފެށީ ސަރުކާރުން އެ މީހުންގެ ހުށަހެޅުމެއް ޖަވާބެއް ނުދިނުމުންނެވެ. އެ މީހުން ސަރުކާރަށް ދިން މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. ޓެކްސީ ސެންޓަރުތަކުން އިއްޔެއިން ފެށިގެން ރެއާއި ހަމައަށް ވަނީ ހުޅުމާލޭގައި އިހުތިޖާޖް ކޮށްފައެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ ސެންޓަރުތަކާއިއެކު މަޝްވަރާ ކުރާނީވެސް އަންނަ ހަފްތާގައި ކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިންވެސް ބުނެފައެވެ. ޓްރާސްޕޯޓް މިނިސްޓްރީ ވަނީ ބޮޑު އަގުގައި ދަތުރުކުރާނަމަ އެ ޓެކްސީއަކާއިމެދު ފިޔަވަޅު އަޅައިދޭން ފުލުހުންގެ ކިބައިވެސް އެދިފައެވެ.

އަގުތައް ޓެކްސީ ޑްރައިވަރުން ބޮޑުކުރި ގޮތް:

– މާލޭގެ އެތެރޭގެ ދަތުރެއް: 30ރ
– ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް: 25ރ.
– މާލެއިން ހުޅުމާލެ އަށް: 100ރ
– މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް: 80ރ
– ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް: 120ރ
– ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް: 40ރ
– މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް: 100ރ
– ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް: 120ރ

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޓެކްސީ ޑްރައިވަރުންނާއި، ސެންޓަރުތަކުން ބޮޑު އަގުގައި ދަތުރުތައް ފަށާފައިވަނީ ޖޫރުމަނާ ކުރިޔަސް، އަދި ފިޔަވަޅު އެޅިޔަސް ވަރިހަމަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙިޖާބު
ޕިސް ޕިސް މި ވެސް ވާބައެއް... ގައުމުގެ އިންފްލޭޝަން ދަށްކުރަން ސަރުކާރުން އުޅޭ އިރު މިމީހުން ހީވަނި އެކަމަށް ހުރަަސް އަޅަން އުޅޭހެން