ސިފައިންގެ މީހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

ސިފައިންގެ މީހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2022 08:11
0

ސިފައިންގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ސިފައިންގެ މީހާ އަށް ހަމަލާ ދިނީ ދަރިފުޅު ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް މިހާރުގެ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ކުރީގެ ސްޓާ ސިނަމާ ހިންގި އިމާރާތާ ހިސާބުންނެވެ. އިއްޔެ މެންދުރެއްހާއިރު ހިނގި މިހާދިސާގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހަމަލާ ދިނީ ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވާ، އެމީހާއާ ދިމާލަށް އެއްޗެތި ތަކެއް ކިޔުމަށްފަހު ކަމަށް އެނގިފައިވެ އެވެ. ފުރަތަމަ ހަމަލާދިނީ ލަކުނޑިބުރިއެއް ބޭނުންކޮށްގެންނެވެ. ފަހުން އަތުން ޖެހި ކަމަށްވެސް އެނގިފައިވެއެވެ.

ހަމަލާއާއި ގުޅިގެން ސިފައިންގެ މީހާ އަށް އަދި އޭނާގެ ދަރިފުޅަށް ވެސް އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.