އެޗްޑީސީން އަންހެނުންނަށް ޚާއްސަ އެކްޝަން ޕްލޭނެއް

އެޗްޑީސީން އަންހެނުންނަށް ޚާއްސަ އެކްޝަން ޕްލޭނެއް

މިއަދު ފާހަގަކުރަމުންދާ ބަލްނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެޗްޑީސީން އަންހެނުންނަށް ޚާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.

އެޗްޑީސީން ވަނީ މިއަދު އެކުންފުނީގައި މަސައްކަތް ކުރާ އަންހެނުން މުވައްޒިފުންނަށް ޚާއްސަ ކޭކެއްވެސް ފަޅާފައެވެ. އަދި އެކުންފުނިން އަންހެނުންނަށް ދޭ އަހައްމިއްޔަތުކަމާއި އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ފަހި ގޮތްތައް ތަނަވަސް ކުރުމަށް ވަނީ އެކުލަވާލި އެކްޝަން ޕްލޭންގައި ހިމަނާފައެވެ.

މިދިޔަ އަހަރު އެޗްޑީސީން ވަނީ އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޚާއްސަ ޗުއްޓީއެއް ދޭން ނިންމާފައެވެ. އެޗްޑީސީގައި 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެއެވެ. އެޗްޑީސީއަކީ މިފަދަ ގޮތަކަށް އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކޮންމެމަހަކު ޚާއްސަ "މެޑިކަލް ލީވް"އެއް ދޭން ނިންމި ފުރަތަމަ ކުންފުންޏެވެ.

އެޗްޑީސީގެ މި ނިންމުމާއި ގުޅޭގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަ ސުހައިލް އަޙްމަދު ވިދާޅުވެފައިވަނީ މި ނިންމުމަކީ ކުންފުނީގެ މެނޭޖްމަންޓުގައި ވަރަށްފުޅާކޮށް މިކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ލުއިގޮތެއް ތަނަވަސް ކުރުމަށް ނިންމި ނިންމުމެއްކަމަށެވެ. މަހަކު އެއްފަހަރު އަންހެން މުވައްޒަފުންނަށް ޗުއްޓީއެއްދޭން ނިންމި މައިގަނޑު އެއް ސަބަބަކީ އަންހެނުންނަށް ދިމާވާ މައްސަރު ކަންތަކާ ގުޅިގެން ބައެއް ފަހަރު ސަލާމް ބުނުމާއި، ޗުއްޓީ ނެގުމަކީ ކުރަން މަޖުބޫރު ކަމެއްކަމަށްވެ އެކަމުގައި އަންހެން މުވައްޒަފުންނަށް ދިމާވާ ތަތިތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށް ކަމަށެވެ.

މައްސަރުކަންތައް ދިމާވުމުން ބައެއް އަންހެނުން، ވަރަށްބޮޑަށް ބަނޑުގައި ރިއްސުމާއި އެކިކަތަ އުނދަގޫތައް ތަޙައްމަލުކުރަންޖެހެއެވެ. މިވޭނުގައި އެއް ދުވަސް ނުވަތަ ދެ ދުވަސްވެސް ބައެއް މީހުން ހޭދަކުރަންޖެހެއެވެ. މިކަމުގައި އަންހެން މުވައްޒަފުންނަށް ވަޒީފާއިން ކޮންމެވެސްވަރެއްގެ ލުޔެއް ދިނުމާމެދު އަބަދުވެސް ބަޙުސްކުރެވެއެވެ.

އެޗްޑީސީން އެކުންފުނީގެ އަންހެން މުވައްޒަފުންނަށް މިދޭ ޗުއްޓީއަކީ ދިވެހި ކުންފުންޏަކުން މިފަދަ ޗުއްޓިއެއް ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *