ނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ގެންދިޔަ ބިދޭސީ މީހާގެ މަރަކީ ކޮވިޑް މަރެއްކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 40 ވަނަ މީހާއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް ނިޔާވެގެން ގެންދިޔަ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހަކު، އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ބަލިމަޑުކަމުގައި ނިޔާވެފައިވަނީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 11،986 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ކޮމެންޓު ފޮނުވާ