ފައްޔާޒަށް ތާޢީދުކުރަން ނިންމީ އައްޑޫގެ މަސްލަހަތު އިސްކޮށްގެން: މޭޔަރު ނިޒާރު

ފައްޔާޒަށް ތާޢީދުކުރަން ނިންމީ އައްޑޫގެ މަސްލަހަތު އިސްކޮށްގެން: މޭޔަރު ނިޒާރު

Author
މުޙައްމަދު ޖިމީ
05 މާރޗް 2022 10:46
0

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ތަޢީދުކުރައްވަން ނިންމެވީ އައްޑޫގެ މަސްލަހަތަށްޓަކައިކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސްން އިންތިޚާބުގެ ޥާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޟްގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒަ ފަހުމީވެސް ވަނީ އައްޑޫސިޓީއަށް ވަޑައިގެން ތާޢީދު ހޯއްދެވުމަށް ކެމްޕެއިން ކުރައްވާފައެވެ.

ފައްޔާޟަށް ތަޢީދުކުރައްވާ މޭޔަރު ނިޒާރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އައްޑޫގެ ތަރައްޤީގެ މަސައްކަތް އެންމެ ގާތުން ބައްލަވާ މަޝްވަރާކުރައްވާ ބޭފުޅަކީ މިނިސްޓަރ ފައްޔާޟްކަމަށެވެ. އެހެންކަމުން އއްޑޫގެ މަސްލަހަތު އިސްކުރައްވާ ފައްޔާޟަށް ތަޢީދުކުރައްވަން ނިންމެވީކަމަށް ނިޒާރު ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ލިބިގަންނަން ބޭނުންވަނީ "ގަޓު: ހުރި ލީޑާޝިޕެއް. ރޮޒެއިނާ އަދި ފައްޔާޟްއަކީ ހިންގާލާނެ ދެ ބޭފުޅުން.

– އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު

އަންނަ މަހުގެ 16 ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ދަނީ ކުރަމުންނެވެ. ވާދަވެރިކަން އިތުރުވެ ދެ ފެކްޝަންގެ ބޭފުޚުން ގެންދަވަނީ ބަހުގެ ހޫނު ރައްދުތަކެއް ދެއްވަމުންނެވެ.

އެމްޑީޕީ ތެރޭގައި އިސްކޮށް މިވަގުތު ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޟަށެވެ. އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ. އަސްލަމަކީވެސް އައްޑޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ރައީސް ޞާލިހާއިވެސް އަރިސް ބޭފުޅެއްކަމަށްވާ އަސްލަމް ފައްޔާޟަށް ތަޢީދުކުރަން ނިންމާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފައްޔާޟަށް ތަޢީދުކުރަން ނިންމީ އެމްޑީޕީ ކުރިއަރުވައި ކާމިޔާބު ޕާޓީއަކަށް ހެދުމަށްޓަކައިކަމަށެވެ. މިނިސްޓަރ ފައްޔާޟްގެ ކިބައިގައި އެ ޤާބިލްކަމާއި ކެރުމާއި ހުނަރު އެބަހުރިކަމަށާއި، ފައްޔާޟަކީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދީފައިވާކަމަށެވެ.

އަންނަ މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރިގަދަވެ ވާދަވެރިކަން އިތުރުވެ، ދެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ބަހުގެ ހޫނު ރައްދުތަކެއް ދެއްވަމުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.