"ތިމާއާއި، ޢާއިލާއަކީ ޣައްދާރުންގެ ގޮތުގައި، ތާރީޚުގައި ނުލިޔާނެ ބަޔަކަށް ވާން އަޒުމް ކަނޑައަޅަންޖެހޭ"

"ތިމާއާއި، ޢާއިލާއަކީ ޣައްދާރުންގެ ގޮތުގައި، ތާރީޚުގައި ނުލިޔާނެ ބަޔަކަށް ވާން އަޒުމް ކަނޑައަޅަންޖެހޭ"

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 10:58
0

ތިމާއާއި، ތިމާގެ ޢާއިލާއަކީ ޣައްދާރުންގެ ގޮތުގައި، ތާރީޚުގައި ނުލިޔާނެ ބަޔަކަށް ވާން އަޒުމް ކަނޑައަޅަންޖެހޭކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވީ މިޤައުމަށްޓަކައި، ޝަހީދުވެދިޔަ އަބުތާލުންގެ ޤުރުބާނީއާއި ހިތްރުގެ ވާހަކަ، ތާއަބަދު ދައްކަން ޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަދުގެ ޖީލުން އެންމެ ބޮޑަށް އަޒުމް އާކުރަންވީ ތިމާގެ ނަމަކީ، އަދި ތިމާގެ އާއިލާގެ ނަމަކީ ޤައުމުގެ ތާރީހު އިޔާދަކުރާ މީހުންގެ ޣައްދާރުންގެ ގޮތުގައި ލިޔާނެ ބައެއް ކަމުގައި ނުވުމަށް ކަމަށެވެ.

ޤައުމަށް ޣައްދާރުނުވާނެ މީހަކަށް އަޒުމް ކަނޑައަޅަންޖެހޭ. ތިމާގެ ނަމަކީ، އަދި ތިމާގެ އާއިލާގެ ނަމަކީ ޤައުމުގެ ތާރީހު އިޔާދަކުރާ މީހުންގެ ޣައްދާރުންގެ ގޮތުގައި ލިޔާނެ ނަމެއް ނޫންކަން ހުރިހާ އެންމެން ހުރިހާ ދަރިވަރުން އަޒުމް ކަނޑައަޅަންޖެހޭ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

– މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި ހަނގުރާމައަކީ ލޮންސިއާ ކަނޑި ބަޑިން ހަނގުރާމަ ކުރާ ޒަމާނެއް ނޫންކަމަށާއި، ހަނގުރާމަކުރާމަ ކުރުމާއި، ޤައުމަށް ހިފުމަށް ބޭނުންވާ އުކުޅުތައްވެސް މިއަދު ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާޒީގައި ދިވެހި ޤައުމު އަޅުވެތިކަމަށް ދިޔަ ކޮންމެ ފަހަރަކުވެސް ދިޔައީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ހިޔާނާތްތެރިވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތާޜީކުގެ ތެރެއިން ދިވެހިންނަށް މިނިވަންކަން ހޯދުމަށް ޝަހީދުވި ހާދިސާތަކަށްވެސް މިނިސްޓަރ ވަނީ އަލި އަޅުވާލައްވާފައެވެ. މިގޮތުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާއާއި މިނޫންވެސް އެކި ހާދިސާތަކަށް ތަފްސީލީ ގޮތެއްގައިވަނީ އަލި އަޅުވަލާފައެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ހިނގައިދިޔަ އެކި ހާދިސާތަކުގައި ޝަހީދުވި އަންހެން ކަނބަލުންގެ ނަންތައްވެސް މިފަދަ ޖަލްސާތަކުގައި ހާމަކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އަލިރަސްގެފާނުގެ އަނބިކަބަލުން ކަނބާއައިސާ ރަނި ކިލޭގެ ފާނު ޝަހީދު ކޮށްލި ހާދިސާވެސް މިނިސްޓަރ ވަނީ ކުރު ގޮތަކަށް ހިއްސާ ކުރައްވާފައެވެ. އެކަމަނާ މިޤައުމަށް ވެވަޑައިގެންނެވި ޤުރުބާނީއަކީވެސް ދިވެހި ކަނބަލުންނާއި ދިވެހި ޤައުމު ފަޚުރުވެރިވާ ޖިހާދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަގަކުރިނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.