އެފްއޭ ކަޕް: ފަހަތުން އަރައި ލޫޓަން ޓައުން ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް

އެފްއޭ ކަޕް: ފަހަތުން އަރައި ލޫޓަން ޓައުން ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފަސް ވަނަ ބުރުގައި ރޭ ލޫޓަން ޓައުން ކައިރިން ފަހަތުން އަރައި މޮޅުވެގެން ޗެލްސީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލޫޓަން ޓައުންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލޫޓަން ޓައުން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރީސް ބާކްއެވެ. ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 27 ވަނަ މިނެޓުގައި ސައުލް ނިގޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ލޫޓަން ޓައުން އިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ހެރީ ކޯނިކްއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ޗެލްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލޫޓަންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓިމޯ ވާނަރ ވަނީ 68 ވަނަ މިނެޓުގައި އަނެއްކާވެސް ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮމޭލޫ ލުކާކޫއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޗެލްސީ ވާދަކުރަން ޖެހޭނެ ޓީމެއް ކަނޑައެޅިގެން ދާނީ މިއަދު އޮންނަ ގުރުއަތުލުމަށް ފަހުއެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް މިހާތަނަށް ދަތުރުކުރި ޓީމު ތަކަކީ، ލިވަޕޫލާއި ޗެލްސީ އަދި ސައުތެމްޓަންގެ އިތުރުން މެންޗެސްޓާ ސިޓީ، މިޑްލްސްބަރާ އަދި ކްރިސްޓަލް ޕެލަސްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *