މަހަށް ނުކުމެ އުޅުނު މަސްވެރިއެއްގެ ކޮނޑުހުޅު ނެއްޓިގެން ކުޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހއ.ހޯރަފުށީގެ ހުޅަނގުން 8 ނޯޑިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މަންފާ" ދޯނީގައި ހުރި ދިވެހި ފިރިހެނެއްގެ ކޮޑުހުޅު ނެއްޓިގެން ސިއްޚީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެހީތެރިކަމާއިއެކު، ހދ. ކުޅުދުއްފުށްޓަށް މިހާރު ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:32 ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ